ޒިމްބާބުވޭގެ ރައީސް ކަމުގައި ހުރި ރޮބަޓް މުގާބޭގެ ހުދުމުހުތާރު ކަމުގެ ސަބަބުން އޭނާ ވެރިކަމުން ދުރުކުރަން ހުޅަނގުގެ ގައުމުތަކުން ވެސް އެތައް ޕްރޮޝަރެއް ކުރަމުން ގެންދިޔައެވެ. ނަމަވެސް މުގާބާގެ ވެރިކަމަށް އެއްވެސް ގޮންޖެހުމެއް ކުރިމަތިނުވެ ވަރަށް އޮމާންކަމާއިއެކު ވެރިކަމުގެ ކަންކަން ކުރިއަށް ދަނިކޮށް އެންމެ ފަހުން ވެރިކަން ވެއްޓުނީ ސިފައިން ނިކުމެ ބަޣާވާތް ކުރުމުންނެވެ.

މިހާރު މުގާބޭގެ ވެރިކަން ވެއްޓުނުތާ ތިން އަހަރު ވެއްޖެއެވެ. ޑިމޮކްރަޓިކް ހަމަތަކުގެ މަތިން އިންތިޚާބެއް ވެސް ބާއްވާ އިންތިޚާބު ކާމިޔާބު ކުރި މީހުންނާއި ވެރިކަން ވެސް ހަވާލު ކޮށްފިއެވެ. ނަމަވެސް ޒިމްބާބުވޭގެ ރައްޔިތުން ބުނަނީ މުގާބޭގެ ވެރިކަމަށް ވުރެ މިހާރުގެ ހާލަތު މާބޮޑަށް ގޯސް ކަމަށެވެ.

އެމަސަން މަންގަގްވާ ޒިމްބާބުވޭގެ ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ވައުދުވެ ވަޑައިގެންނެވީ ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދީ އިޤުތިޞާދީ އިތުރު މަސައްކަތްތައް ފަށާނެ ކަމަށެވެ. ޒިމްބާބުވޭގެ ރައްޔިތުން ބުނާ ގޮތުގައި ފާއިތުވި ތިން އަހަރު ތެރޭގައި އަލަށް ފެށުނު އިޤުތިޞާދީ މަސައްކަތެއް ގައުމުގައި ނެތެވެ. ވަޒީފާއެއް ނުލިބެއެވެ. ތަކެތީގެ އަގު ދަނީ ބޮޑުވަމުންނެވެ.

"ވަޒީފާއެއް ނެތް. ވަޒީފާއެއް ނެތި އަނބިދަރިންނަށް ކާން ދޭނީ ކިހިނެއް؟ ވަޒީފާއެއް ހޯދަން ކުރެވުނު ހުރިހާ މަސައްކަތެއް ވީބޭކާރު." ތިން ކުދިންގެ ބައްޕައަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުންޏެވެ.

އިތުރު މީހަކު ބުނީ މަންގަގްވާ އާއި މެދު އެމީހުން ކުރި އުއްމީދުތައް ހާސިލެއް ނުވިއެވެ. "އަހަރެމެން އުއްމީދު ކުރީ އޭނާ ވާހަކަދެއްކި ގޮތައް ކަންކަން ވާނެ ކަމަށް. އިޤުތިޞާދީ ދަތިކަމުން އަރައިގަނެ ވަޒީފާތައް ލިބޭނެކަމަށް. ނަމަވެސް އެހެން އެކަމެއް ނުވި." އޭނާ ބުންޏެވެ.

ވޯލްޑް ފުޑް ޕްރޮގްރާމް އިން ވެސް ބުނެފައި ވަނީ ޒިމްބާބުވޭ އަށް މިހާރު ކުރިމަތިވަމުން އަންނަނީ ފާއިތުވި 10 އަހަރު ތެރޭގައި ވެސް ނާންނަ ވަރުގެ ތަދުމަޑުކަމެކެވެ. އެގައުމުގެ 7.7 މިލިއަން މީހުން ތިބީ ކާބޯތަކެތި ލިބޭނެ ކަމުގެ ޔަގީންކަން ނެތިފައި ކަމަށް ވޯލްޑް ފުޓް ޕްރޮގްރާމް އިން ބުނެއެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ މީހުންނަށް ވެސް ޒިމްބާބުވޭގެ ވެރިކަން ކަމަކު ނުދެއެވެ. އެފަދަ ޖަމާޢަތްތަކުން ބުނާ ގޮތުގައި ގައުމުގެ ހާލަތު ރަނގަޅު ކުރަމުން މަންގަގުވާ ވެފައިވާ ވައުދުތަކެއް ނުފުއްދައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖަޒީރާމަނިކު

    ކޮންމެ ބަޔަކުވެސް ވެރިކަމަށްއަންނަނީ އަނެއްބައެއްގެގޯސްވާހަކަ ދައްކާ ރައްޔިތުން ހައްލާގެން. ވެރިކަމު އެރުނީމާ ކުރިއަށްވުރެ މާގޯސް. މިރާއްޖެވެސް މިހާރު މިއޮތީ ތިޔަ ޒިމްބާބުވޭ އަށްވެފާ. މުގާބޭ އަށްވުރެ ސޯލިހު މާނުބައި.

    51
    6
    • ރާގޮޑިރާޖަ

      ތިބުނީ ޖަލުގައޮތް މުގާބޭގެ ވާހަކަތަ؟

      3
      15
  2. ޔ

    މިރާއްޖޭގެ ހާލަތު ވެސް ހަމަ ތިޔަހެން ކުރިން މާރަނގަޅު މިވެރިކަމުގައި އޮތީ ފޮނި ކެނޑުން ފޮނި ކަނޑައިގެން ވެރިކަމަށް އައީ ވަޒީފާ ނެތް ޒުވާނުންނަށް ދޭން ބުނި އެލަވަންސް ކޮބާ ވިހާ ކޮންމެ މީހަކަށް ހަދިޔާ ފޮއްޓެއް ކޮބާ ކަނޑުމަތީގައި އެޅި މަސްކިރުވާ ޕްލެޓްފޯމް ކޮބައި... އުފައްދަން ބުނި ވަޒީފާ ތައް ކޮބާ.... މަސްވެރިންނަށް ދޭންބުނި ހަމަ އަގު ކޮބަާ؟؟؟؟؟؟

    47
    3
  3. ެއދަް1234

    ކެޔަސް މިދިޔަ ވެރިކަން ރަނގަޅު

    20
    1
  4. ޕުތުރީ

    ލިބޭމިންވަ ރަށް ޝުކު ރު ނުކު ރުން. ކޮއްދޭ ރަނގަޅު ކަންތައްތައް ނުފެނުން. މީ ބަޔަކު ހަލާކުވާން ދިމާވާ ސަބަބުތައް. މި ރާއްޖޭގައި މުއައްސަސާާަ ރައްހިންގާނެ ބަޖެތްވެސް ނެތް

    27
    2
  5. ޖަނާޒާ

    ޢިބްރަތްހުރި. މި ސަރުކާރު ގެންނަން މަރުކުއްތި މީހުންވެސް މިހާރު ތިޔަހެން ބުނޭ އެބަ ފާޚާނައިގައި ދިއްރުން. ޕއްޕޮއް ޕޫޫޫ ޕަޕާ

    20
    2
  6. ދަރަނި ދަންތުރަ

    ރައީސް އޮފީހުގައި ވެސް ބޮންދުމެން މިހާރު ގެންގެޅެނީ

    12
  7. ހެއްލި

    ހެއްލުމަ ކީގެއްލުމެއް. އެ ކަންމިފެންނަނީ.ދެންވެސްވޯޓުދޭނީއެމީހުނަށް.

    13