މިއަދު އިރުއޮއްސުމާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 68 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 15 މީހުންނަކީ ރަށްފަޅުހުރާ އިން ފައްސިވި މީހުންނެވެ. އަދި މާލޭ ސަރަހައްދުގައި އޮތް ޔޮޓެއްގައި ތިބި 14 މީހުންނާއި އެއާޕޯޓްގެ ކާގޯ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެއާޕޯޓްގައި މަސައްކަތް ކުރަމުން ގެންދާ ކުންފުންޏެއްގެ މުވައްޒަފުންގެ ތެރެއިން ފައްސިވި މީހަކު ވެސް މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެއެވެ.

މިއަދު މާލޭ ސަރަހައްދުން 36 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. މާލެ ފިޔަވައި އެހެން ތަންތަނުން މިއަދު 32 މީހަކު ފައްސިވިއެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 28 ދިވެހިންނާއި 40 ބިދޭސީންނެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 12،452 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 69 މީހެކެވެ. އެއާއިއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11،475 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ ޢަދަދު 925 އަށް މިހާރު އަރައެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން 332 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 73 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިގެން މިހާތަނަށް ވަނީ 45 މީހަކު ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިރާކް

    ޖެހޭނެެތާ، އުޅެނީ އުޅޭނެ ވައްތަރަކަށް ވީއްޔަ.... މާސްކް ނާޅާ އަބަދު ގުރޫޕް ހަދައިގެން މަޖާ ކޮށް ބޭކާރު އަގަތެޅުމުގަ... ހިޔެއް ނުވޭ ކަމެއް ވެގެން އުޅޭ ހެން ވެސް.... މީގަ ގޯހީ މިއުޅޭ ޒުވާން ފިރިހެނުން، ގުރޫޕް ހަދާފަ އަގަތަޅަން ތިބެނީ އެ މީހުން ވިއްޔަ... ދެން ހުރިހާ އުދަގުލެއް އެހެން މީހުންނަށް....