30 އަށްވުރެ ގިނަ ކުޑަކުދިން ރޭޕްކުރި ޕާކިސްތާން މީހަކު ދަންޖައްސައި މަރަން ޕާކިސްތާންގެ ކޯޓަކުން ބުދަ ދުވަހު ޙުކުމްކޮށްފިއެވެ.

ސުހައިލް އަޔާޒް ނަމަކަށް ކިޔާ މިމީހަކީ ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައެއްގައި މީގެ އަހަރުތަކެއް ކުރިން އިނގިރޭސިވިލާތުގައި ޖަލަށް ވެސް ލާފައިވާ މީހެކެވެ. އޭނާ ޖަލު ޙުކުމުން ސަލާމަތް ވުމުން ވަނީ ޕާކިސްތާނަށް ޑީޕޯޓް ކޮށްލާފައެވެ.

30 ކުދިން ރޭޕް ކުރި މައްސަލައެއްގައި ސުހައިލް ދަންޖައްސައި މަރަން ޕާކިސްތާންގެ ކޯޓަކުން ކުރި ޙުކުމުގައި ބުނެފައި ވަނީ ސުހައިލްގެ ކޮމްޕިއުޓަރުން އެތައް ހާސް ކުޑަކުދިންނެއްގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވެސް ފެނިފައިވާ ކަމަށެވެ.

ސުހައިލް 2008 ވަނަ އަހަރު އިނގިރޭސިވިލާތައް ހިޖުރަކުރުމުގެ ކުރިން ވެސް އޭނާގެ މައްޗަށް 14 އަހަރުގެ ފިރިހެން ކުއްޖަކާއި ބަދުއަޙްލާޤީ އަމަލު ހިންގުމުގެ ތުހުމަތު ކުރެވުނެވެ. އޭނާ އިނގިރޭސިވިލާތައް ހިޖުރަކޮށް ވަޒީފާ ހޯދީ "ސޭވް ދަ ޗިލްޑްރެން" ނަމަކަށް ކިޔާ ޖަމިއްޔާގެ ބުކްޝޮޕަކުންނެވެ. އޭނާ އަށް ވަޒީފާ ދިނުމުގައި ކުރިން އޭނާ އުޅެފައިވާ ގޮތެއް ބަލާފައެއް ނުވެއެވެ.

ފުލުހުންގެ ސަމާލުކަމަށް ސުހައިލް ފުރަތަމަ އައީ ކުޑަކުދިންނާއި ބެހިގެން އިޓަލީ އިން ހައްޔަރު ކުރި މީހަކު ދިން މައުލޫމާތުތަކެއްގެ ސަބަބުންނެވެ. އޭނާ ކިޔައިދިން ގޮތުގައި ރޮމޭނިއާގެ 15 ކުޑަކުދިންގެ ނަމާއި އެކުދިންނާއި ގުޅޭ ގޮތުގެ މައުލޫމާތު އޭނާ އަށް ފޯރުކޮށްދިނީ ސުހައިލް އެވެ. އެމައުލޫމާތު އިޓަލީގެ ފުލުހުން އިނގިރޭސިވިލާތުގެ ފުލުހުންނަށް ފޯރުކޮށްދިނެވެ.

އެހައި ހިސާބުން އިނގިރޭސިވިލާތުގެ ފުލުހުން ސުހައިލަށް ފާރަލަމުން ގޮސް 2009 ވަނަ އަހަރު އޭނާ ހައްޔަރު ކުރިއެވެ. އަދި 14 އަހަރުގެ ފިރިހެން ކުއްޖަކާއި ބަދުއަޙްލާޤީ އަމަލު ހިންގި މައްސަލައެއްގައި އޭނާ ހަތަރު އަހަރަށް ޖަލަށްލިއެވެ. އެޖަލު ޙުކުމް ތަންފީޒުކޮށް ނިމުމުން އޭނާ ޑީޕޯޓް ކޮށްލީއެވެ.

ޕާކިސްތާންގެ ފުލުހުންގެ ސަމާލުކަމަށް އޭނާ އަކީ ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައެއްގެ ތަޙްޤީޤުގެ ތެރެއިންނެވެ. މައްސަލައިގެ ތަޙްޤީޤަށް އޭނާ ހައްޔަރުކޮށް ފުލުހުން ސުވާލު ކުރުމުން އޭނާ ވަނީ 30 ކުއްޖަކު ރޭޕް ކުރި ކަމަށް އެއްބަސް ވެފައެވެ.

ސުހައިލްގެ އަތުން ފެނުނު ބަރަހަނާ ފޮޓޯތަކުގެ ތެރޭގައި އެންމެ ހަމަހުގެ ކުދިންގެ ފޮޓޯ ވެސް ހިމެނެއެވެ.

ލާހޯރުގައި ސުހައިލްގެ މައްސަލަ ބެއްލެވި ފަނޑިޔާރު ހުކުރު ދުވަހު އިއްވި ޙުކުމުގައި ވަނީ ސުހައިލް އަކީ މުޖުތަމައުގެ ތެރޭގައި ގެންގުޅެން ހެޔޮވާވަރަށް ވުރެ މާނުބައި ނުލަފާ މީހެކެވެ. "އޭނާ މަރުވަންދެން ދަން ޖައްސާފައި ބަހައްޓަން ޖެހޭ." ޙުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވީ ސުހައިލް އަކީ އިންސާނެއްގެ ސިފައިގައި ހުރި "ހައިވާނަކަށް ވުރެ ނުބައި ނުލަފާ" މީހެކެވެ.

ސުހައިލް ދަން ޖައްސާނެ ދުވަހެއް އަދި ޕާކިސްތާނުން އިއުލާނެއް ނުކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޭއަހުމަދު

    ބަރާބަރު
    ޢޭނާ ދަންޖައްސާފަ އަންދާލަންވީ

    58
    2
    • ޔާގުންޑޭ

      ކަލޭ ކޮން ދީނެއް

      5
      37
  2. ތުނބުޅި

    މަރުވަންދެން ދަންޖަންސަން ހުކުމުގަ އެއޮތީ ކީއްވެގެންކަން އިނގޭތަ! އެއީ 1885 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ރައްޔިތަކަށް ދަންޖަައްސެމުށް ހުކުމް ކުރެވުނު. އޭނާ ދަންޖެއްސި އެކަމަކު ވަގުތު ހަމަވި އިރު މަރެއްނުވޭ.ހުކުމް ތަންފީޒު ކުރުމުން އޭނަ ސަލާމަތްވި. އެހެންވެ މަރަން ހުކުމް ކުރާއިރު "މަރުވަންދެން" އެ އޮންނަނީ

    50
    1
  3. ސަލްމާ އަދީލް

    މިރިޕޯޓްގެ ސުރުހީ ކަމަކު ނުދޭ. ހައިވާނުންނަކީ ވަކި ނުބައި އެއްޗަކީތަ؟ ޖަނަވާރުންދެކެ ލޯބިވާން ދަންނަންވާނެ! އެކަން ދަސްކޮށްދޭންވެސް ވާނެ. ކޮން ޖަނަވާރެއްތޯ ގޯހީ؟ އާންމުކޮށް ނޫޅޭ ގޮތަކަށް އުޅެނީ؟ ހުދު އިންސާނުންނަށް ވުރެ ޖަނަވާރުން ރަނގަޅު! ހަނގުރާމަކޮށް، މީހުންމަރާ، ރޭޕްކޮށް. ދެން؟ މި ކޮމެންޓް ޖައްސަވަ ދެއްވުން އެދެން.

    30
    8
  4. ޔާގުންޑޭ

    މަ 800 މިލިއަން ކާލީމަ ވެސް ރޯޔަލް ކުލާހުގަ

    12
    7
  5. ޢަދުރޭ

    ޙަޔަވާން އަރަބި ބަހުން ކިޔަނީ ދިރޭ ކޮންމެ އެއްޗަކަށް . ތީ ޝައިތޯނެއް

    26
    2
  6. ސަނާހް

    ހައިވާނަކީ ނުބައި އެއްޗެކޭ ބުނީ ކާކު ؟؟

    11
    3
  7. ނިކަމެތި

    އަންނި ތިޔައްވުރެ ނުބައި އިނަސާނެއް އެއީ.

    26
    23
  8. ކާފަ

    ޝައިތޯނަށްވުރެވެސް ނުބައި މީހެއްތީ؟

    23
    2
  9. މާމިގިލި މީހާ

    ކަލޭ ކޮން ދީނެއް

    1
    5