އިޓަލީވިލާތުން މިއަދު އިތުރު 562 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ. މިއަދު އިޓަލީވިލާތުން މަރުވި މީހުންނާއި އެކު އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 49,823 އަށް އަރާފައެވެ.

އިޓަލީވިލާތުން މިއަދު 28,337 މީހަކު ކޮވިޑް-19 އަށް ފައްސިވެ އެގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ މިހާރު 1,408,868 އަށް އަރައެވެ.

އިޓަލީވިލާތުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އެގައުމުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ އަސަރު މިހާރު ވަނީ ކޮންމެވެސް ވަރަކަށް ކުރަން ފަށާފައެވެ. މިއަދަކީ ފާއިތުވި ހަތް ދުވަހުގެ ތެރޭގައި އިޓަލީވިލާތުން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. އަދި ފާއިތުވި ހަދުވަސް ތެރޭގައި އިޓަލީވިލާތުން އެންމެ މަދުއަދަދެއްގެ މީހުން މަރުވީ ވެސް މިއަދުއެވެ.

އިޓަލީވިލާތުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް މިހާރު އަޅާފައި ވާއިރު އެގައުމުން މިހާރު ވަނީ ގިނަ ބަޔަކު ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ހާއްސަ އޮޕަރޭޝަނެއް ވެސް ފަށާފައެވެ. ގިނަ ބަޔަކު ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ވަރަށް ފުޅާދާއިރާއެއްގައި މަސައްކަތް ފަށާފައި ވަނީ ކޮވިޑް-19 ޖެހޭ މީހުން އަވަހަށް ދެނެގަނެ އެކަހެރި ކުރުމަށްޓަކައެވެ.

އޭޕްރީލް މަހު އިޓަލީވިލާތުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން އެގައުމު ފުރަބަންދު ކުރިއެވެ. ފުރަބަންދު ކުރުމުން އިޓަލީވިލާތުގެ ހާލަތު ރަނގަޅު ވުމުން ފިޔަވަޅުތަކަށް އެގައުމުން ވެސް ލުއި ދިނެވެ. ފިޔަވަޅުތަކަށް ލުއިތައް ދިނުމާއިއެކު ހާލަތު ގޯސްވެ އޮކްޓޯބަރ މަހުން ފެށިގެން ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދު އިއްޔެ އާއި ހަމައަށް އައީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު