ކޮވިޑް-19 ޖެހިގެން އިއްޔެ ވެސް ދުނިޔެ އިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ކޮވިޑް-19 ޖެހިގެން ދުނިޔޭގެ އެކި ހިސާބުތަކުން ވަނީ 12007 މީހަކު މަރުވެފައެވެ. އެހެންކަމުން އިއްޔެ އަކީ މިހާތަނަށް އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވި ދުވަހެވެ. އަންގާރަ ދުވަހު ވެސް 11732 މީހުން ކޮވިޑް-19 ޖެހިގެން މަރުވިއެވެ. އަންގާރަ ދުވަހަކާއި އިއްޔެ ފިޔަވައި އެންމެ ގިނަމީހުން ކޮވިޑް-19 ޖެހިގެން މަރުވި ދުވަހެވެ.

އިއްޔެ 609207 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. އިއްޔެ އަކީ ފާއިތުވި ފަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 60.7 މިލިއަނަށް އަރައެވެ. އަދި ކޮވިޑް-19 ޖެހިގެން މިހާތަނަށް 1.4 މިލިއަން މީހުން ވަނީ މަރުވެފައެވެ.

އިއްޔެ ވެސް ކޮވިޑް-19 އަށް އެންމެ ގިނަ ބަޔަކު ފައްސިވެ، އަދި އެންމެ ގިނަ ބަޔަކު މަރުވީ އެމެރިކާ އިންނެވެ. އެމެރިކާ އިން އިއްޔެ 180,903 މީހުން ކޮވިޑް-19 އަށް ފައްސިވެ، 2,302 މީހުން ކޮވިޑް-19 ޖެހިގެން މަރުވިއެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން އިއްޔެ މަރުވެފައި ވަނީ މެކްސިކޯއިންނެވެ. މެކްސިކޯ އިން އިއްޔެ 813 މީހަކު މަރުވިއެވެ. ދެން އެންމެ ގިނަ މީހުން އިއްޔެ މަރުވެފައި ވަނީ އިޓަލީވިލާތުންނެވެ. އިޓަލީވިލާތުން އިއްޔެ 722 މީހުން މަރުވިއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރު ވަމުންދާއިރު ގިނަ ގައުމުތަކުގެ ހޮސްޕިޓަލްތައް ފުރި ފަރުވާ ދިނުމުގައި އަންނަނީ ދަތިތައް ކުރިމަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު