ޕާކިސްތާނުގައި ރޭޕް ކުރާ މީހުންނަށް އަދަބެއްގެ ގޮތުން ކެމިކަލް ބޭނުން ކޮށްގެން ޖިންސީ ގުނަވަނުގެ ބާރު ދަށްލުމަށާއި، ދަން ޖައްސަން އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ ރުހުން ދިނުމާއެކު، އެ ބިލް ބޮޑުވަޒީރު އިމްރާން ޚާން ފާސްކޮށްފިއެވެ.

އެ ގައުމުގެ މީޑިއާތަކުން އިއްޔެ ރިޕޯޓްކޮށްފައިވާގޮތުން، އެންޓި-ރޭޕްގެ ބިލް ވަޒީރުންގެ މަޖިލީހުން ރުހުންވެގެން ދިއުމާއެކު، އެ ގައުމުގައި ހިނގަމުންދާ ޖިންސީ ގޯނާގެ މައްސަލަތައް އަވަސް މިނެއްގައި ތަހުގީގުކޮށް، ފިޔަވަޅު އެޅިގެން ދާނެއެވެ.

ޕާކިސްތާންގެ ހިއުމަން ރައިޓްސް މިނިސްޓަރ ޝީރީން މަޒާރީ ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެއީ ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ގާނޫނެއް ކަމަށާއި، އެ ގާނޫނަށް ވަރަށް އަވަހަށް އަމަލު ކުރެވިގެންދާނެ ކަމަށެވެ.

އަދި އެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު، ރޭޕްގެ މައްސަލަތަކަށް ހާއްސަ ކޯޓެއް އުފައްދައި، ރޭޕްއާ ދެކޮޅަށް ގޮޅިތަކެއް ގާއިމްކުރެވިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ،

ޕާކިސްތާނުގައި ރޭޕްގެ މައްސަލަތައް ވަނީ ފާއިތުވި އަހަރުތަކުގައި އިތުރުވެގެން ގޮސްފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ތެރޭގައި ހަތް އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައެެވެ. އެ މައްސަލާގައި ގިނަބަޔަކު މުޒާހަރާކޮށް، އެކަން ކުރި މީހާ ދަންޖައްސަން ގޮވާލާފައި ވެއެވެ.

ފަހުން ކޯޓަކުން ވަނީ އޭނާ މަރަން ހުކުމް ކޮށްފައެވެ. އޭނާ ދަންޖައްސާފައި ވަނީ ހައިސެކިއުރިޓީ ޖަލެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޕާކިސްތާން

  ބަރާބަރު ރައީސް އެއް ތީ

  49
 2. މަންމަ

  އިމްރާނަކީ ގަދަ މީހެއް. ރާއްޖޭގައިވެސް މިކަހަލަ ގާނޫނެއް ފާސް ކޮށްބަލަ. އޭރަށް ގޮލައިންތައް ޖެހިލުން ވާނެ.

  52
 3. ޅަބޭ

  މާތްކަލާކޯ. ކޮންފަދަ އުފާވެރި ހަބަރެއްތޯ އަޅުގަނޑު ނިދަން އުޅޭނިކޮއް މިފެނުނީ.

  34
 4. Anonymous

  ސާބަހޭ އިމްރާންޚާން، ތިޔައީ ހަމަ މުޅި ދުނިޔޭގައިހުރި ލާމަސީލު ވެރިޔާ، ރޭޕްގެ ފާޚިޝު ވަބާއާއި ދެކޮޅަށް އެއްމެ އެކަށީގެންވާ ގާނޫނު އުފެއްދި ވެރިޔަކު ތިނޫނީ މިދުނިޔޭގައި ކޮބައިބާ؟؟އެ ޝައިޠާނުންގެ މައިތިރި ނުވެގެންއުޅެ ގުނަވަނުގެ ބާރު ކަނޑުވާލަން ޖެހެނީ، އެފަދަ އަދަބެއް ނުދޭހާ ހިނދަކު އެހަޔިވާނުންގެ ލާއިންސާނީ އަނިޔާއިން އަންހެނުންނާއި ކުޑަކުދިން ސަލާމަތެއްނުކުރެވޭނެ،

  38
 5. ކުޑަބެ

  މި ޤައުމުގައި މިކަހަލަ ކަމެއްވިއްޔާ ވަކިބަޔަކުރުމުން ސަލާމަތްކޮށްހަދާނެ އަދަބުދޭނީ އަދި ޤާނޫނަށް ޢަމަލުކުރާނި ފެންނަވބަޔަކަށް

  24
 6. ޜޫހާނީ

  ސާބަހޭ އިމްރާންޚާން، ތިޔައީ ހަމަ މުޅި ދުނިޔޭގައިހުރި ލާމަސީލު ވެރިޔާ👏

  22
  1
 7. އާސިދާ

  ތިތިބެނީ މީހިން ކޮބާ ފފިނޑި ފޭކި ސޭކު އިމްރާން ފެނޭ ދެންވެސް އިސްތިއުފާދޭކަށް ނު ވޭބާ

  8
  3
 8. މަރީ

  ބަރާބަރު

  11