ކޮވިޑް-19 އަށް އިއްޔެ ރެކޯޑް އަދަދަކަށް މީހުން ފައްސިވެ އަދި ކޮވިޑް-19 ޖެހިގެން އިއްޔެ ދުނިޔެ އިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ވަނީ 678713 މީހަކު ކޮވިޑް-19 އަށް ފައްސިވެ އަދި ކޮވިޑް-19 ޖެހިގެން 12678 އަށް މީހުން މަރުވެފައެވެ. އިއްޔެ އަކީ މިހާތަނަށް ކޮވިޑް-19 އަށް އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ފައްސިވި، އަދި އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވި ދުވަހެވެ.

މީގެ ކުރިން އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ ބުދަ ދުވަހު އެވެ. ބުދަ ދުވަހު 12396 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އޭގެ ކުރިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ނޮވެމްބަރ 24 ވަނަ ދުވަހު އެވެ. އެދުވަހު 12276 މީހުން ވަނީ މަރުވެފައެވެ.

މީގެ ކުރިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހާއި ނޮވެމްބަރ މަހުގެ 13 ވަނަ ދުވަހު އެވެ.

އިއްޔެ އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވީ އުތުރު އެމެރިކާ ބައްރުންނެވެ. އުތުރު އެމެރިކާ ބައްރުން އިއްޔެ 242,963 މީހުން ކޮވިޑް-19 އަށް ފައްސިވިއިރު އޭގެތެރެއިން 218,576 މީހުން ކޮވިޑް-19 އަށް ފައްސިވީ އެމެރިކާ އިންނެވެ. އުތުރު އެމެރިކާ އިން އިއްޔެ 3,889 މީހުން ކޮވިޑް-19 ޖެހިގެން އިއްޔެ މަރުވިއިރު އޭގެތެރެއިން 2,918 މީހުން މަރުވީ އެމެރިކާ އިންނެވެ.

އިއްޔެ ވެސް އެންމެ ގިނަ މީހުން މަރުވެފައި ވަނީ ޔޫރަޕުންނެވެ. ޔޫރަޕުން އިއްޔެ 5,489 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. ޔޫރަޕުން އިއްުޔެ ކޮވިޑް-19 އަށް ފައްސިވީ 213,071 މީހުންނެވެ. ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު އިއްޔެ އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިޓަލީވިލާތުންނެވެ. އިޓަލީވިލާތުން އިއްޔެ 993 މީހުން މަރުވިއެވެ.

ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުގައި މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ އެއްސަބަބަކީ އެގައުމުތަކަށް ފިނި މޫސުން އައުން ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަރީ

    ރެކޯޑައްވުރެން މަތީ އަދަދެއް އިދޭތަ؟ ކޮބާތަ މައްސަލައަކީ؟ އަހަރުމެން ދުނިޔެ ފޮނުއްވަނީވެސް އަދި ފުރާނަތަށް އަބުރާ ގެން ދަވަން ނިޔާ ކަޑައަޅުއްވަނީވެސް އެއްކައުވަންތަ ﷲ. އެކަލާނގެ އިރާދަފުޅުން އެކަން އެހިގަނީ. ބަޔަކައް ނުވެސް ހުއްޓްވޭނެ. ދުނިޔޭގެ އާބާދީ ނިސްބަތުން މަރުވާމީހުނައްވުރެން އުފަންވާމީހުން އަދިވެސް ގިނައީ. އަހަންނައް އަދިވެސް ދުނިޔޭގެ އާބާދީ ނިސް ބަތުން އެހެންޏާ ދުނިޔެއިން މީހުން މަރުވާ ނިސްބަތައްބަލާފަ ކޮވިޑް ވެގެން ވަކި އިތުރައް ބަޔަކު މަރުވާކަމެއް ފާހަގަނުވޭ އަދި އެއީ ރިކޯޑަކަސް ނޫނީ އެއައްވުރެ މަތި ނަމަކަސް