ރަށިޔާގައި ބޭއްވި ޕާޓީއެއްގެ ތެރެއިން ހެންޑް ސެނިޓައިޒާ ބޮއިގެން އަށް މީހަކު މަރުވެއްޖެ އެވެ. ގެއެއްގައި ބޭއްވި މި ޕާޓީގައި މަރުވި މީހުންގެ ތެރޭގައި ފަސް ކުދިންގެ މަންމައެއް ހިމެނޭއިރު އެކި މީހުން މަރުވެފައި ވަނީ އެތެރެހަށީގެ ގުނަވަންތައް ފެއިލް ވެގެންނެވެ. މަރުވި މީހުންގެ އެތެރޭގައި 27 އަހަރާއި 69 އަހަރުގެ މީހުން ހިމެނެއެވެ. ޓޮމްޓޯ ވިލެޖުގައި ބޭއްވި މި ޕާޓީ ބާއްވާފައި ވަނީ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގައި އެވެ.

32 އަހަރުގެ މީހަކަށް މިހާރުވެސް ފަރުވާދެމުންދާއިރު އޭނާ ބަލާ ޑޮކްޓަރުން މައުލޫމާތު ދޭ ގޮތުގައި މީހާ މަރުން ސަލާމަތް ވި ކަމުގައި ވިޔަސް ލޮލުގެ ފެނުން ގެއްލިދާނެ ކަމަށެވެ.

ފޮޓޯ: ގޫގުލް

ކޮވިޑް-19 ގެ ސަބަބުން ބަލިން ރައްކާތެރިވުމަށް ސާފުތާހިރު ވުމަށް ބޭނުންކުރާ ހެންޑް ސެނިޓައިޒާ ފަދަ ތަކެއްޗަކީ މަދު މިންވަރަކަށް ނަމަވެސް އޭގައި ކެމިކަލް އެކުލެވޭ ތަކެއްޗެވެ. ސެނިޓައިޒާ ބޮއިގެން އަށް މީހުން މަރުވި ހާދިސާގައި އެމީހުން ބޭނުން ކޮށްފައިވާ ލީތަލް ސެނިޓައިޒާގައި 69 އިންސައްތަ އާއި ހަމައަށް މެތެނޮލް އެކުލެވެ އެވެ. މި މާއްދާ އަކީ ފިއުލްގެ ގޮތުގައި ވެސް ބޭނުންކުރާ މާއްދާއެކެވެ.

މި މައްސަލައާއި ގުޅިގެން އެޤައުމުގެ ސަލާމަތީ ފަރާތްތަކުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި 44 އަހަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ އެލެކްސްއެންޑާ ކަލިނިން ނަމަކަށް ކިޔާ މީހަކު ހިމެނެ އެވެ. އޭނާ އަކީ އެކި ފަރާތްތަކަށް ގިނަ ޢަދަދަކަށް ސެނިޓައިޒާން ފޯރުކޮށްދޭ މީހެކެވެ. އޭނާ ސެނިޓައިޒާން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ކިންޑަގާޑެން އާއި ސްކޫލް ތަކާއި ޖަލުތައް ހިމެނެ އެވެ.

ސެނިޓައިޒާން ނަހަމަ ގޮތުގައި ވިޔަފާރި ކުރިކަން އެލެކްސްއެންޑާ ކަލިނިން ގެ މައްޗަށް ސާބިތުވެއްޖެ ނަމަ 6 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މި މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލަމުންދާއިރު އެލެކްސްއެންޑާ ކަލިނިން މިހާރު ހުރީ ގެ ބަންދުގައި ބަހައްޓާފަ އެވެ. ފުލުހުން ބުނީ މިހާތަނަށް 4،800 ލީޓަރަށް ވުރެ ގިނައިން ސެނިޓައިޒާސް އެކި ފަރާތްތަކުގެ އަތުލައިގަނެފައިވާ ކަމަށެވެ.

ރަޝިއަން ސެނިޓައިޒާން ބޮއިގެން މީހުންނަށް އެކި ގެއްލުންތައް ކުރިމަތިވަމުންދާއިރު ރަޝިއަން ހެލްތު އޮތޯރިޓީސް އިން ވަނީ ސެނިޓައިޒާސް ބުއިމުގައި ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅަބޭ

    ސާފު ތެލާ ޕެޓްރޯލުވެސް އެއްކޮއްގެން ބޮއެގެއް ޕާޓީކޮއްބަލަ. ވަރައް ފައްކާވާނެ.

    6
    4
  2. މ

    ސޭޑް