އަޑަށްވުރެން 16 ގުނަ ބާތަށް ދަތުރު ކުރާ ޖެޓް އިންޖީނެއް ޗައިނާއިން އުފައްދައިފިއެވެ.
ޗައިނާގެ އެކެޑެމީ އޮފް ސައިންސްގެ އިންސްޓިޓިއުޓް އޮފް މެކޭނިކްސްގެ ޓީމަކުން އުފައްދާފައިވާ މި ޖެޓް އިންޖީނަކީ ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް މަދުވެގެން 2 ގަޑިއިރު ތެރޭގައި ދަތުރު ކުރެވޭނެ އިންޖީނެއް ކަމަށް ސައިންސްވެރިން ގަބޫލު ކުރެއެވެ.
މި އިންޖީނަށް އެ މީހުން ދީފައިވާ ނަމަކީ "ސޮޑްރަމްޖެޓް" އަވެ.
މި އިންޖީނު ހެދި ޓީމުން ބުނެފައިވަނީ ހުރިހާ ވައްތަރެއްގެ މަތިންދާ ބޯޓަކަށް މި އިންޖީނު ބޭނުން ކުރެވޭނެ ކަމަށާއި މީގެ އިތުރުން ދުނިޔެ ވަށައިގެން ބުރު ޖެހުމަށް ހާއްސަ ކޮށްފައިވާ އެއާކްރާފްޓްތަކަށްވެސް މި އިންޖީނު ބޭނުން ކުރެވޭނެ ކަމަށެވެ.
އެގޮތުން ބަލާއިރު، އެލޮން މަސްކްއިންވެސް މި އިންޖީނު ގަތުމަށް ޝައުގުވެރިކަން ހުރި ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.
މިހާތަނަށް ބެލިބެލުމުން މި އިންޖީނުގެ ބާރު ދުވެލި އަޑަށް ވުރެން 9 ގުނަ ބާރަށް ހުރި ނަމަވެސް "މަޗް"ގެ 16 ގެ ބާރު މިނުގައި މި އިންޖީން މަސައްކަތް ކުރާނެތޯ ބެލުމަށް ޓަނެލް އެއް ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މި އިންޖީނަށް ޝޮކް ވޭވް ބޭނުންވާއިރު، މިއީ ހައިޕަސޮނިކް ފްލައިޓްތައް އޮޕަރޭޓް ކުރުމަށް ޝޮކްވޭވެ ބޭނުން ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މި ހިޔާލަކީ 1980 ވަނަ އަހަރުގެ ތެރޭގައި ނާސާއިން ގެނެސްފައިވާ ހިޔާލެކެވެ.
އަބްލޯސާހިދުގެ ދަތުރުތަކަށް ތީގެ އިންޖީނެއް ވަގުތުން ވަގުތަށް ހޯދަންޖެހޭ.
އިންޖީނު ތަ ދުވަނީ، އޮޅުން ފިލިވަދީބަލަ
މަޗް"ގެ 16 ....... އަސްލު ކިޔަނީ މާކް 16
ޝޮކްވޭވް އަކީ ބޭނުންކުރާއެއްޗެއްނޫން. އެއީ އަޑަށްވުރެ ބާރަށް ދަތުރުކުރާއިރު އޭގެސަބަބުން އުފެދޭ އެއްޗެއް. ބަޑީގެ ވަޒަނުންވެސް އުފެދޭއެއްޗެއް. ސައުންޑްބެރިއާ ކްރޮސްކުރީމަ އުފެދޭ އެއްޗެއް. ޝުކުރިއްޔާ