ކޮވިޑް-19ގެ އާވައްތަރު ފެތުރެން ފެށުމާއި ގުޅިގެން ބަންދުކުރު ސައުދީއަރަބިއްޔާގެ ބޯޑަރުތައް އަލުން ހުޅުވާލައިފިއެވެ.

ސައުދީންް އިނގިރޭސިވިލާތުގައި ފެތުރެން ފެށި ކޮވިޑް-19 ގެ އާ ވައްތަރާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެެ ގޮތުން އެގައުމަށް އެތެރެވުން މަނާކޮށްްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މިހާރު އެގައުމުގައި ކޮވިޑް-19 އާއި ގުޅިގެން ވެކްސިން ދޭން ފަށާފައި ވާއިރު، މި ހަފްތާގެ ތެރޭގައި ވެކްސިން ދޭން ނިންމާފައިވާ ހުރިހާ ފަރާތްތަކަކަށް ވެކްސިން ދީ ނިމޭނެ ކަމަށް ސައުދީން ވަނީ ހާމަކޮށްފައެވެ.

ސައުދީން ދިނުމަށް ހުއްދަ ދީފައި ވަނީ ފައިޒާ ވެކްސިނެެވެ. މި ވެކްސިން ދިނުމަށް ފަށާފައި ވަނީ މިދިޔަ މަަހުގެ 17 ވަނަ ދުވަހުން ފެށިގެެންނެވެެ. މިއަހަރުގެެ މެއިމަހުގެ ނިޔަލަށް ތިން މިލިއަން ވެކްސިން ޑޯޒް ފޯރުކޮށްދިނުމަށް ފައިޒާ އިން ވަނީ ސައުދީ ސަރުކާރާއި އެކު އެއްބަސްވެފައެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19ގެ އާ ވައްތަރެއް ފެނުމާއި ގުޅިގެން ގިނަ ގައުމުތަކުން ވަނީ ގައުމުތަކަށް އެތެރެވުން މަނާ ކޮށްފައެވެ. ބަލީގެ އާ ވައްތަރު ފެނިފައިވަނީ އިގިރޭސިވިލާތް، ޖަޕާން، ފްރާންސް، އިޓަލީ، ނެދެލޭންޑްސް، ޑެންމާކު، ސްވެޑެން، އޮސްޓްރޭލިއާ އަދި ޖަރުމަނުންނެވެ

ސިއްހީ މާހިރުން ބުނާގޮތުން ބަދަލުވެފައިވާ ކޮވިޑް-19 ގެ ސަބަބުން ބަލި ޖެހޭ މިންވަރު މި ވައިރަހުގެ ކުރީގެ ވައްތަރާއި އަޅާބަލާއިރު އަވަހެވެ. އަދި ކުރިޔަށްވުރެ ފަސޭހައިން މި ބަދަލުވި ކޮވިޑުން ގައިންގަޔަށް ބަލި ފެތުރޭކަމަށް އިނގިރޭސިވިލާތުގެ ސިއްހީ ތަޖުރިބާކާރުން ހާމަކުރެއެވެ.

އިނގިރޭސި ވިލާތަކީ ކޮވިޑް-19 އަށް އެެންމެ ގިނަ މީހުން ފައްސިވެފައިވާ ޤައުމެެވެ.

ކިޔުންތެރިންގެ ހިޔާލު