އެމެރިކާގެ ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ކޮވިޑް-19 ވެކްސިން ޖަހަން ދެކޮޅުހަދަމުން ގެންދާތީ އެމެރިކާގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ޕަބްލިކް ހެލްތު އޮފިޝަލުންނަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވެ، ކުރިން ލަފާކުރި އަދަދަށް މީހުންނަށް ވެކްސިން ދިނުމުގައި ގޮންޖެހުންތައް ކުރިމަތިވަމުން އަންނަ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފިއެވެ.
ލޮސްއެންޖެލިސްގެ ޕަބްލިކް ހެލްތު ޑިރެކްޓަރ ކިމް ޝަރުވަތަރީ ވިދާޅުވީ ކެލިފޯނިއާގެ ހޮސްޕިޓަލްތަކުގެ ފުރަތަމަ ސަފުގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިންގެ ތެރެއިން %50 މަސައްކަތް މީހުން ވަނީ ކޮވިޑް-19 ވެކްސިން ޖެހުމަށް ދެކޮޅު ހަދާފައެވެ. ކެލިފޯނިއާ އަކީ މިހާރު ވެސް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ އެމެރިކާގެ ސްޓޭޓެވެ.
އޮހާއޯގެ ގިނަ އަދަދެއްގެ ސިއްހީ އެހީތެރިން ވެސް ވަނީ ވެކްސިން ޖަަހަން ދެކޮޅު ހަދާފައެވެ. އޮހާއޯގެ ބައެއް ހޮސްޕިޓަލްގެ %80 މުވައްޒަފުން ވަނީ ވެކްސިން ޖަހަން ދެކޮޅު ހަދާފައެވެ.
ނިއުޔޯކްގެ ވެސް ފުރަތަމަ ސަފުގައި މަސައްކަތް ކުރާ މީހުން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި
އެމެރިކާގައި އެއްވެސް ވެކްސިނެއް ޖެހުން މީހުންނަށް މަޖުބޫރު ކުރުމުގެ ބާރެއް ސަރުކާރަކަށް ނޯވެއެވެ. ޚިޔާލު ހޯދުމުގެ ވޯޓްތަކުން ދައްކާ ގޮތުގައި ފުރަތަމަ ހުއްދަދޭ ވެކްސިން ޖަހަން އެމެރިކާގެ %62 މީހުން ބޭނުމެއް ނުވެއެވެ. ޚިޔާލު ހޯދުމުގެ ބައެއް ވޯޓްތަކުން ދައްކާ ގޮތުގައި އެމެރިކާގެ ކޮންމެ 10 މީހަކުން ދެމީހުންނަކީ އެއްވެސް ގޮތަކަށް ވެކްސިން ޖަހަން ބޭނުން ނުވާ މީހުންނެވެ.
އެމެރިކާ އިން އަމާޒު ކަނޑައެޅީ ޑިސެމްބަރ މަހުގެ ފަހު ދެހަފްތާ ދުވަހުގެ ތެރޭގައި 20 މިލިއަން މީހުންނަށް ކޮވިޑް-19 ވެކްސިން ދޭށެވެ. ނަމަވެސް އަދި މިހާތަނަށް ވެކްސިން ދެވުނީ އެންމެ 2.6 މިލިއަން މީހުންނަށެވެ. އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި މިހާރު ވެކްސިން ޖަހަމުންދާ ސްޕީޑަށް ބަލާއިރު އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ކުރަން 10 އަހަރު ދުވަސް ނަގާނެއެވެ.
އެމެރިކާގެ ގިނަ ސިއްހީ އެހީތެރިން ވެކްސިން ޖަހަން ދެކޮޅު ހަދަނީ މާއަވަހަށް ވެކްސިން ޖަހަން އުޅޭތީއެވެ. ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި މިހާރު ވެކްސިން ޖަހަމުން ދަނީ ވެކްސިންގެ ތަހްލީލްތައް އެންމެ އެކަށީގެންވާ ގޮތައް ނުކޮށެވެ.
ބަލަ އަހަރެމެންކާރީ ތިއުޅޭ އަނެކަކުމެން ބުނަނީ ވެކްސިން ނުޖަހަނީ ހައްދުފަހަނައަޅާމީހުނޭ.
ކޮބާ ހީވޭ! އެމީހުންނަށް އެނގެޔޭ ތިޔައީ އަވަސް އަރުވާލާފައި ފުރިހަމައަށް ޓެސްޓް ވެސް ނުކޮށް މީހުންނަށް ޖަހަން ފެށި ވިހަ އެއްޗެއްކަން. މިރާއްޖޭގަވެސް މީހުން ޖަހަން ބޭނުން ނޫން އެއްޗެއް މަޖުބޫރުކޮށްގެން އަހަރެމެން ހަށިގަނޑަށް ޖަހައިގެން ނުވާނެ. ވެކުސިން މަޖުބޫރު ކުރުމާ މަވެސް ދެކޮޅު.
އެހެންވީމާ އެމެރިކާގެ ގިނަ ޑޮކްޓަރުންނާއި ނަރުހުންނަކީ ހަރުކަށި ފިކުރުގެ ހައްދު ފަހަނަ އަޅާފައިވާ މީހުންނެއްނު.
ތި ގޮތް ނޭނގޭ ކެމިކަލްތައް މީސްތަކުން ގަޔަށް ޖަހަން ހެޔޮ ނުވާނެ
އެކަން މަޖްބޫރުކޮށްގެންވެސް ނުވާނެ
ޔާރައްބީ. އެހެންވީމާ އެމެރިކާގެ ޑޮކްޓަރުންނަކީ ހަރުކަށި ފިކުރުގެ މީހުންތާ. ދިވެހި ރާއްޖޭގެ ޓެރެރިޒަމް ސެންޓަރުން މިކަމާ ގުޅޭގޮތުން ބަޔާނެއް ނުނެރޭތަ.
ވެކްސިން ޖެހީމާ ބައެއް މީހުން މަރުވަނީ. މިކަން އެންމެ ރަނގަޅަށް އެނގޭނީ ޑޮކްޓަރުންނާއި ނަރުހުންނަށް. އެހެންވީމާ އެމީހުން ނުޖަހާނެނު.