އެެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕަށް އޭނާގެ ޓްވިޓާ އެކައުންޓް 12 ގަޑިއިރަށް ބޭނުން ނުކުރެވޭ ގޮތް ޓްވިޓާ އިން ހަދައިފިއެވެ.

މިގޮތަށް ހެދީ އެމެރިކާގައި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށާއި ހަމަނުޖެހުން ހިންގާ މީހުންނަށް ޓްރަމްޕް ކުރި 3 ޓްވީޓެއް ރިމޫވް ކުރުމަށް ފަހުގައެވެ.

ޓްވިޓާ އިން ވަނީ ޓްރަމްޕުގެ އެކައުންޓު ދާއިމީކޮށް ސަސްޕެންޑު ކުރަން ޖެހިދާނެކަމުގެ އިންޒާރުވެސް ދީފައެވެ.

މިއީ ޓްވިޓާ އިން ޓްރަމްޕުގެ ޓްވީޓެއް ޑިލިޓް ކުރި ފުރަތަމަ ފަހަރު ކަމުގައިވާއިރު މިގޮތަށް ކަންތައް ކޮށްފައި ވަނީ މިއަދު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީސް ކައިރީ މުޒާހަރާ ކުރި މީހުން ދެކެ ވަރަށް ލޯބިވާ ކަމަށް ބުނެ ޓްރަމްޕް ވާހަކަ ދެއްކުމުންނެވެ.

ޓްރަމްޕް އެ ވާހަކަ ދައްކާ ވީޑިއޯ މިހާރު ވަނީ ޓްވިޓާގެ އިތުރުން ފޭސްބުކާއި ޔޫޓިއުބް އިންވެސް ޑިލިޓް ކޮށްފައެވެ.

މުޒާހަރާގައި އަންހެއް ގަަޔަށް ބަޑި ޖަހާފައިވާއިރު، 5 ވަރަކަށް ފުލުހުންގެ ހާލު ސީރިއަސް ވެގެން ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދސ

    މޮޔައެއްގެ އަަތަށް ކަނޑިއެއް ދިނީމަ މިހެން ވާނެ. ގައުމު ހިންގަން ނޭނގޭ މީހެއްގެ އަތަށް ވެރިކަން ދިނީމަ މިވަރު ވާނީ. މިރާއްޖޭގަވެސް އެބައުޅޭ މުއްސަންދި މަހުޖަނުން ވެރިކަމަށް ދެވިހިފާފަ. އެހެން ކަމުން މިހެން ވުން ވަރަށް ގާތް