ކޮވިޑް-19 އާ ގުޅިގެން ލުބްނާން 25 ދުވަހަށް ފުރަބަންދު ކޮށްފިއެވެ.

އެ ގައުމު ފުރަބަންދު ކުރުމަށް ނިންމާފައި ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.

އެ ގައުުމުގައި ހަލުވިކަމާއެކު ކޮވިޑް-19 ދަނީ ފެތުރެމުންނެވެ.

މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް އެ ގައުމު ފުރަބަންދު ކުރި ފަސް ވަނަ ފަހަރެވެ.

އެ ގައުމުގައި ފުރަބަންދު އިއުލާނުކޮށްފައިވާއިރު، މިއަދުން ފެށިގެން ކާފިއުވެސް އޮންނާނެ އެވެ. އެގޮތުން ހެނދުނު 5:00 އިން އިރުއޮއްސި 6:00 އެއީ ކާފިއު ގަޑިއެވެ. މި ކާފިއުގެ މުއްދަތު ފެބްރުއަރީ އެއް ވަނަ ދުވަހުގެ ނިޔަލަށ ްއޮންނާނެ އެވެ.

ލުބްނާންގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19އަށް ފައްސިވެފައި ވަނީ އިއްޔެ އެވެ. އެގޮތުން އެ ގައުމުން 4,166 މީހަކު އިއްޔެ ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ލުބްނާން ފުރަބަންދުކޮށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު ކާފިއު ހިންގުން ހިމެނެއެވެ. މިހާރު ވަނީ ރޭގަނޑު އެއްވެސް ގޮތަކަށް ބޭރުގައި އުޅުން މަނާކޮށްފައެވެ.

ލުބުނާން ސަރުކާރުން ބުނީ ގައުމު ފުރަބަންދު ކުރަން ޖެހުނީ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، ޖާގަ ފުރެން ފެށުމުން ކަމަށެވެ. ފުރަބަންދު ކުރުމުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވެ ހޮސްޕިޓަލްތަކުގެ ހާލަތު ކޮންޓްރޯލް ކުރެވޭނެ ކަމަށް ލުބުނާން ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު