އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ގުޅިފައިވާ އޮންލައިން ވިޔަފާރި ވެބްސައިޓްތަކަށް ވެސް އެސައިޓްތައް ހޯސްޓް ކުރާ ކުންފުނިން ފިޔަވަޅުއަޅައި ސައިޓްތައް ރިމޫވް ކޮށްފިއެވެ.

އޮންލައިން ވިޔަފާރި ވެބްސައިޓްތަކަށް ހޯސްޓިންގެ ޚިދުމަތް ދެމުން އަންނަ "ޝޮޕިފައި" އިން ވަނީ ޓްރަމްޕްގެ ކުންފުނި ކަމަށްވާ ޓްރަމްޕް އޮގަނައިޒޭޝަންގެ އޮންލައިން ވިޔަފާރި ވެބްސައިޓާއި ޓްރަމްޕްގެ ކެމްޕޭން އުފެއްދުންތައް ވިއްކާ އޮންލައިން ވެބްސައިޓް ޑައުން ކޮށްފައެވެ.

ޝޮޕިފައި އިން ނެރުނު ބަޔާނެއްގައި ބުނީ ޓްރަމްޕް އާއި ގުޅުން ހުރި ވެބްސައިޓްތައް ޑައުން ކުރަން ޖެހުނީ ރޭ ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ކަމަށެވެ. އެހަމަނުޖެހުންތަކަކީ ޝޮޕިފައި އާއިއެކު އެއްބަސްވުމެއް ގާއިމު ކޮށްފައި އޮވެ އެފަދަ ހަމަނުޖެހުމަކަށް ތާއިދު ކުރުމަކީ ނުވަތަ އެއްބާރުލުން ދިނުމަކީ އެއްބަސްވުމާއި ހިލާފު ކަމެއް ކަމަށް ޝޮޕިފައި އިން ބުނެއެވެ.

ޓްރަމްޕްގެ އޮންލައިން ވިޔަފާރި އާއި ގުޅިފައިވާ ވެބްސައިޓްތައް ރިމޫވްކުރި މައްސަލައިގައި އަދި މިހާތަނަށް ޓްރަމްޕް ވެސް އަދި އޭނާގެ އޮފީހުން ވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ޤާނޫނީ ސައްހަކަން ކަށަވަރު ކުރުމަށް ކޮންގްރެސްގައި ވޯޓް ނެގުމާއި ދިމާކޮށް ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓަލް ބިލްޑިންގަށް ވަދެ ހަމަނުޖެހުން ހިންގުމުން ޓްރަމްޕް އަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ޓްރަމްޕްގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގާފައި ވަނީ ޓްރަމްޕް އެކަމަށް ހިތްވަރު ދިނުމުން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

އެހަމަނުޖެހުންތަކާއި ގުޅިގެން ފޭސްބުކް އާއި އިންސްޓަގްރާމް އިން ވެސް މިހާރު ވަނީ ޓްރަމްޕް ބޭންކޮށް، އެވެބްސައިޓްތައް ބޭނުން ކުރުމުގެ ފުރުސަތު ޓްރަމްޕް އަށް ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަލި ރަސްގެފާނު

  ރާއްޖޭގައިނަމަ ހަމަނުޖެހުން ހިންގަން ގޮވާލާ މީހާގެ ވާހަކަ ހުރިހާ ޗެނަލަކާ ނޫސްތަކުން ލައިވް ކުރާނެ،

 2. އިބްރާހިމް

  މީނަ މީ ކާކުތަ؟

 3. Anonymous

  ރާ އްޖެ ޓީވީ އެމެރިކާގަ ބެލޭނަމަ .
  . ޙިވްރުދޭނެ ...ހަމަނުޖެހުން ހިންގަން ގޮވާލާ މީހާގެ ވާހަކަ ޓީވީން ލައިވް ކުރާނެ،

  1
  2