މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އަށް ގޮރިއްލާއެއް ފައްސިވެއްޖެ އެވެ.

"އޭބީސީ ނިއުސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، ކެލެފޯނިއާގެ "ސެެން ޑިގޯ ސަފާރީ ޕާކް" ނަމަކަށް ކިޔާ ޒުލެއްގައި ތިބި ގޮރިއްލާތަކެކެވެ. އެ ޒުލުގެ އެކްޒެކްޓިވް ޑިރެކްޓަރ ލިސާ ޕެޓްރެޝަން ބުނެފައި ވަނީ އެތަނުން މިހާތަނަށް އަށް ގޮރިއްލާއެއް ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށެވެ.

މިކަން ޝައްކުވެެފައި ވަނީ އެ ޒުލުގައި ތިބި ބައެއް ގޮރިއްލާތައް ކެެއްސަން ފެށުމުން ކަަމަށާއި، ޝައްކުވެގެެެން ޓެެސްޓު ކުރިއިރު ވަނީ، ޒުލުގެެ އަށް ގޮރިއްލާއެއް މި ބައްޔަށް ފައްސިވެެފައިވާކަން އެނގިފައި ކަމަށް ލިސާ ވަނީ ބުނެެފައެވެ.

އެތަނުގެ ހުރިހާ ގޮރިއްލާއެއް މި ބައްޔަށް ފައްސިވެފައި ވެއެެވެ. މިކަން ވަނީ އެމެރިކާގެ ޑިޕާޓްމެެންޓު އޮފް އެގްރިކަލްޗާ އެންޑް ނެޝަނަލް ވެޓިނަރީ ސާވިސެސް ލެބޯޓަރީ އިން ކަށަވަރުވެސް ކޮށްދީފައެވެ.

މި ވައިރަސް ގޮރިއްލާތަކަށް ޖެެހިފައި ވަނީ އެ ޕާކަށް އެތަނުގައި ތިބި ޖަނަވާރުތަކަށް ފަރުވާދިނުމަށް ޒިޔާރަތްކުރި ވައިލްޑް ލައިފް ކެއާ ޓީމުގެ މެެންބަރެއްގެ ފަރާތުން ކަމަށާއި، އެޓީމުގެ މެންބަރަކު ވަނީ ދާދި ފަހުން ކޮވިޑަށް ފައްސިވެފައި ކަމަށް ލީސާ އާއި ހަވާލާދީ އޭބީސީ އިން ވަނީ ރިޕޯޓުކޮށްފައެވެ.

މިކަމާއި ގުޅިގެެން މިދިޔަ މަހުގެ ހަވަނަ ދުވަހުން ފެށިގެން އެ ޒޫވެސް ވަނީ ބަންދުކޮށްފައެވެ. މިހާރު ގޮރިއްލާތަކުގެ ހާލު ކައިރިން ބަލަމުން އަންނަ ކަމަށާއި، އަދިވެސް އޭގެ ބައެއް ގޮރިއްލާތަކުގެ ކިބައިން މި ބަލީގެ އެކި އަލާމާތަތްއް ފެންނަމުން އަންނަ ކަމަށް ލީސާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު