ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާގައި ޖަހަމުންދާ ވެކްސިން ޖެހި ދެ މީހަކު މަރުވެއްޖެ އެވެ. މިއީ ވެކްސިން ޖެހި ފަހު ހާލަތު ގޯސްވި ހަތް މީހުންގެ ތެރެއިން ދެ މީހެކެެވެ.

އިންޑިއާއިން މިހަތަނަށް 3.81 ލައްކަ ހެލްތް ކެއާ ވޯކަރުންނަށް ވެކްސިން ދީފައި ވެއެވެ. މީގެ ތެރެއިން 580 މީހުންނަށް ވެކްސިން ދިން ފަހުން މައްސަލަތަކާއި ކުރިމަތިވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ.

އެ ގައުމުގެ ޔުނިއަން މިނިސްޓްރީގެ ސީނިއާ އޮފިޝަލުންނާއި، ހަވާލާދީ އިންޑިއާ ޓުޑޭ ނޫހުގައި ބުނެފައި ވަނީ، ވެކްސިން ޖެހި މީހުންގެ ތެރެއިން ސިއްހީ މައްސަލަތަކާއި ކުރިމަތިވި ގިނަ މީހުން އުޅެނީ ވަރަށް ބޮޑަށް ހުން އައިސް، ބޮލުގައި ރިއްސާ އަނބުރާތީ ކަމަށެވެ. އަދި އެ 580 މީހުންގެ ތެރެއިން ހަތް މީހުން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުނު ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ ތެރެއިން ތިން ވޭދަނަ ރިޕޯޓްކޮށްފައި ވަނީ ދިއްލީންނެވެ. އޭގެ ތެރެއިން ދެ މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، ދެން ހުރި މީހާއަށް މެކްސް ހޮސްޕިޓަލްގެ އޮބްޒާވޭޝަންގައި ދަނީ ފަރުވާދެމުންނެވެ. އަދި އުއްތަޚާންދްގައި މައްސަލަ ދިމާވި ވޭދަނަ އައިއައިއެމްއެސް ހޮސްޕިޓަލްގެ އޮބްޒަވޭޝަންގައި ފަރުވާދެމުންދާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި އޭނަގެ ހާލަތު ސްޓޭބަލް ކަމަށްވެސް ވެއެވެ.

ޗައްޓިގަރްހްގައިވެސް އެކަކު އޮތީ އޮބަޒާވޭޝަންގައެވެ. އޭނާ އޮތީ ރަޖްނަންޑައުންގައި ހުންނަ ސަރުކަރުގެ މެޑިކަލް ކޮލެޖެއްގައެވެ.

މީގެ އިތުރުން، ވެކްސިން ޖެހި މީހުންގެ ތެރެއިން ކަރަނަޓަކާގައިވެސް މައްސަލަ ދިމާވެފައިވާ ދެ ވޭދަނަ، އެކަކަށް ޗިޓްރަޑުރްގާގެ ޑިސްޓްރިކްޓް ހޮސްޕިޓަލްގައި އަނެކަކަށް ޗައްލަކެރެ ޖެނެރަލް ހޮސްޕިޓަލްގައި ދަނީ ފަަރުވާދެމުންނެވެ.

އިންޑިއާ ޓުޑޭ އިން ބުނީ، ވެކްސިން ޖެހި ފަހުން މަރުވި މީހުންގެ އެކަކީ މޯރާއާބާދަށް ނިސްބަތްވަ މީހެކެވެ. އޭނާއަކީ މިދިޔަ ހޮނިހިރު ދުވަހު ވެކްސިން ދިން މީހެކެވެ އޭނާ މަރުވީ އާދިއްތަ ދުވަހު އެވެ. އޭނާ މަރުވެފައި ވަނީ ވެކްސިންގެ ސަބަބުން ނޫން ކަމަށްވެސް ބުނެފައި ވެއެވެ. އަދި މަރުވި ދެވަނަ މީހާއަކީ ކަރްނަޓަކާގެ ބެއްލަރީން މަރުވި މީހެކެވެ. އޭނާ މިދިޔަ ހޯމަ ދުވަހު މަރުވިއިރު، އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓް އަދި ނުލިބެއެވެ.

އިނގިރޭސި ވިލާތުގެ އޮކްސްފޯޑް-އަސްޓްރާޒެނެކާ ކުންފުނިއާ އިންޑިއާ ކުންފުންޏަކާ ގުޅިގެން އުފެއްދި ވެކްސިން ކަމަށްވާ ކޮވިޝީލްޑް ހެލްތް ކެއާ ވޯކަރުންނަށް ދޭން ފަށާފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. އަދި އިންޑިއާގެ އަމިއްލަ އުފެއްދުމެއް ކަމަށް އިންޑިއާގެ ވެކްސިން ޑެވެލޮޕާ ބާރަތް ބަޔޯޓެކް އިން އުފެއްދި ކޯވެގްޒިން ވެކްސިން ބޭނުން ކުރަން ހުއްދަ ދީފައިވާއިިރު، އެ ވެކްސިން ޖަހަންވެސް ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  މިވަރުގެ ވެކްސިން މިގައުމަށް ފޮނުވަނީ،

  26
  • ޒައިކް

   ވެކްސިން ނުޖެހިޔަސް މަރުވެއެއްނު؟؟ ސުވާލަކީ ވެކްސިނާ ހެދިތޯ މަރުވީ؟؟ އެހެން ނޫނަސް އިންޑިޔާގަ އެބައުޅެއޭ އެމީހުންގެ އަމިއްލަ ވެޖްސިނަކާ އޮކްސްޕޯޑުގެ އިންޑިޔާ ވެކްސިން.. ރާއްޖެ ގެންނަނީ އިންޑިޔާގަ އުފައްދާފައިވާ އޮކްސްފޯޑުގެ ވެޖްސިން.. ހުރިހާ ތަނެއްގެ ވެކްސިންގަ ވެސް ސައިޓްއިފެކްޓް ހުންނާނެ.. ރާއްޖެއަށް ވެކްސިން ގެންނަނީ ހަމައެކަނި އިންޑިއާއަކުން ނޫން 26 ވަނަ ދުވަހު ރާއްޖެއިން އޯޑަރ ކުރި އަސްލު ޝިޕްމަންޓް ލިބޭނީ..އިންޑިޔާ އިން އެއީ ހިލޭ އެހީއެއް..

   3
   5
 2. ހުސޭނުބޭ

  ސޯލިބޭ ތި އުޅެނީ އަހަރެމެން މަރަންތަ؟

  6
  2
 3. ސ

  ވެކްސިން އަކީ ވިޔަފާރިއެއް! ދެން ކޮން ވެކްސިން ހަދާ ކުންފުންޏަކުންތަ ބުނާނީ އެމީހުން އުފއްދި ވެކްސިން ޖެހީމައޭ މަރުވީ؟