ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާ އިން އުފެއްދި ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ރުހުން ދާދި އަވަހަށް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން ބުނެފިއެވެ.
އިންޑިއާގެ މި ވެކްސިނަކީ ސެރަމް އިންސްޓިޓިއުޓާއި އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ، އަސްޓްރާޒެނެކާ ގުޅިގެން އުފެއްދި ވެކްސިނެކެވެ. އިންޑިއާގައި މިހާރު ވަނީ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށައިފައެވެ. އެ ގައުމުގެ އަމާޒަކީ އަންނަ ޖުލައި މަސް ނިމެންވާ އިރަށް 300 މިލިއަން މީހުންނަށް ކޮވިޑް-19 ވެކްސިން ދިނުމެވެ. އިންޑިއާގެ އާބާދީއަކީ 1.3 ބިލިއަން މީހުންނެވެ.
އިންޑިއާގެ ސެރަމް އިންސްޓިޓިއުޓްގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަދަރް ޕޫނަވަލާ ވިދާޅުވީ ވެކްސިނާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯ އަށް ހުށަހަޅަން ޖެހޭ ހުރިހާ އެއްޗެއް ހުށަހަޅައި ނިންމާފައިވާ ކަމަށެވެ.
އަދި ޑަބްލިއުއެޗްއޯގެ ހުއްދަ ކުރިއަށް އޮތް ހަފްތާ ނޫނީ ދެ ހަފްތާއެއްގެ ތެރޭގައި ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާ އިން މިހާތަނަށް ވަނީ ތިން ލައްކަ އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ވެކްސިން ދީފައެވެ. މީގެ ތެރެއިން 580 މީހުންނަށް ވެކްސިން ދިން ފަހުން މައްސަލަތަކާއި ކުރިމަތިވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ.
ވެކްސިން ޖެހި މީހުންގެ ތެރެއިން ސިއްހީ މައްސަލަތަކާއި ކުރިމަތިވި ގިނަ މީހުން އުޅެނީ ވަރަށް ބޮޑަށް ހުން އައިސް، ބޮލުގައި ރިއްސާ އަނބުރާތީ ކަމަށްވެއެވެ. އަދި އެމީހުންގެ ތެރެއިން ހަތް މީހުން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުނު ކަމަށްވެސް ބުނެފައި ވެއެވެ.
އިނގިރޭސި ވިލާތުގެ އޮކްސްފޯޑް-އަސްޓްރާޒެނެކާ ކުންފުނިއާ އިންޑިއާ ކުންފުންޏަކާ ގުޅިގެން އުފެއްދި ވެކްސިން ކަމަށްވާ ކޮވިޝީލްޑް ހެލްތް ކެއާ ވޯކަރުންނަށް ދޭން ފަށާފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. އަދި އިންޑިއާގެ އަމިއްލަ އުފެއްދުމެއް ކަމަށް އިންޑިއާގެ ވެކްސިން ޑެވެލޮޕާ ބާރަތް ބަޔޯޓެކް އިން އުފެއްދި ކޯވެގްޒިން ވެކްސިން ބޭނުން ކުރަން ހުއްދަ ދީފައިވާއިިރު، އެ ވެކްސިން ޖަހަންވެސް ވަނީ ފަށާފައެވެ.
ދާދި އަވަހަކަށް ރުހުން ލިބިދާނެ.......... ހީވަނީ އިންޑިޔާ ވެކްސިން ޑަބްލިޔޫއެޗްއޯ ކައިރީގައި ރައްޓެހިވާން އަހައިގެން އުޅޭހެން......... އެހެންޏާ ފަހެ!
މާނަޔަ ކީ އަދި ރުހުންނުލިބޭ ވެ ކްސިންއެ ކޭ ރާއްޖެއަށް މާދަމާ ތިގެންނަނީ...އަދި ވެ ކްސިން ޖެހުމަށް ނަންނޯޓު ކުރަން ހުޅުވާލީ...ދެ ކިބަލަ ދިވެހި ސަރު ކާރުގެ އިޙްލާސްރި ކަން..ރައީސްމީހާގެ އަޙްލާގު...ދިވެހި ރައްޔިތުންގެ ހިމާޔަތާ ރައް ކާތެރި ކަން ކަށަވަރު ކޮއްދީ ހިމާޔަތް ކޮއްދޭނެ ކަމުގެ ޒިންމާއުފުލަން ﷲގަންދީ ހުވާ ކުރި ވެރިޔާގެ ނުވިސްނޭ ކަން...ތިޔަ ވެ ކްސިން ދިވެހިންގަޔަށްޖަހާ ނަތީޖާފެނުމުން ޑަބްލިޔުއެޗްއޯގެ ރުހުމާ ލަފާުލިބެންއޮތީ...އަހަރެމެންގެ ސިއްޙަތު އަހަރެމެންގެ ފުރާނަ.. ކުލަޔާ ފި ކުރަށް ނުބަލާ ހުރިހާ ރައްޔިތުންގެ ބަސް ސަރު ކާރަށް އަޑުއިއްވަންވީ ނޫނެ ކޭ ބުނަން ވެ ކްސިނަށް..އަދި މިނިވަން ކަމެނެތް ސަރު ކާރު ޒިންމާ ކުރަން.
ތިޔަ ވެކްސީން ފުރަތަމަ ޖަހަންވީ ރާއްޖޭގައި ދިވެހި ރައްޔިތުންގެ ލޭބޯ އުޅޭ ހައެއްކަ މަހުޖަނުންގަޔައް.. އޭގެން ހަތްބޯރާއްސަކައް ގޮތެއްވިޔަސް ދިވެހީން ކަންބޮޑެއްނުވާނެ.. ދެން ގޮސް ޖަހަންވީ މިތާއުޅޭ ލާދީނީ ބައިގަނޑާއި އެމީހުންގެ އިމާމުން ގަޔައް..
މީހާދަ އަޚުލާގުދައް ސަރުކާރެކޭ އިންޑިޔާބޭނުންވީމަޓެސްޓްކުރަން މިޖަހަނީ ދިވެހިންގެގަޔައް ކޮބ ާ ރައްޔިތުންނައް އިޚުލާސްތެރިވުމައް ކުރިހުވާ
މަށަށް ހީވަނީ މިމީހުންގެ މަޤްސަދަކީ ދިވެހިންގެ ގަޔަށް މި ޖަހައިގެން ޓެސްޓް ކުރުންހެން .
އޭގެފަހުން ކަންނޭނގެ ތިބުނާ ހުއްދަްެއް ލިބޭނީ .
އެހެންވީމާ ފުރަތަމަ ޖަހަން ޖެހޭނީ ދެ ރައީސުންނާ ނަޒްލާ އާ ، މައިމޫނާ