ކޮވިޑް-19 ފެތުރެމުންދާ މި ދުވަސްވަރުގައި ލަންޑަންގެ ސްޓަމްފޯޑް ހިލްގައި 400 ގެސްޓުންނާއެކު ބާއްވަމުންދިޔަ ކައިވެނީގެ ހަފްލާއެއް ހުއްޓުވަން ފުލުހުން ނުކުމެއްޖެ އެވެ. ރޭ ކުރިއަށްދިޔަ އެ ކައިވެނީގެ ހަފްލާއަކީ ކޮވިޑް-19 އާ ގުޅިގެން އަލާފައިވާ ފިޔަވަޅުތައް ބޯނުލަނބާ ބޭއްވި ޕާޓީއެކެވެ،

ފުލުހުން ރޭ ގޮސްފައި ވަނީ އެ ކައިވެނީގެ ހަފްލާ ބޭއްވި ޔެސޮޑޭ ހަޓޮރާހް ސީނިއާ ގާލްސް ސްކޫލަަށެވެ. ރޭ 9:15ހާއިރު އެ ސްކޫލަސް ދިޔައިރު، އެ ކައިވެނި ކުރިއަށްދާ ތަނުގެ ކުޑަދޮރުތައް ހުރީ ބޭރުން އެތެރެ ނުފެންނަ ގޮތަށް ހަދާފައެވެ.

އެ ސްކޫލަކީ ކޮވިޑް-19 ޓެސްޓިންގ ސެންޓަރެއްގެ ގޮތުގައި ރަޖިސްޓަރކޮށްފައުވާ ތަނެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ހަފްލާއަށް ފުލުހުން ދިއުމުން، އެތަނުގައި ތިބި މީހުން ވަނީ ފިލާފައެވެ.

އެ ސްކޫލުން ވަނީ އެ މީހުންނަށް އެނގިގެން ހިނގާފައިވާ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި އެއީ އެހެން ކުންފުންޏަކުން ކުރިއަށްގެންދިޔަ އިވެންޓެއް ކަމަށްވެސް ބުނެފައި ވެއެވެ.

މި އިވެންޓް ކުރިއަށްގެންގޮސްފައި ވަނީ ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޯނުލަނބާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިންތާ މާ ގިނަ އިރުތަކެއް ނުވަނީސް އެވެ.

ފުލުހުން ބުނީ، އެ ކައިވެނީގެ ހަފްލާ ބޭއްވި ފަރާތްތަކަށް 10،000 ޑޮލަރަށް ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަަށެވެ. އަދި އެ ހަފްލާއަށް ދިޔަ ފަސް މީހަކު 200 ޑޮލަރުން ޖޫރިމަނާ ކޮށްފައިވާ ކަމަަށްވެސް ބުނެފައި ވެއެވެ.

އިނގިރޭސިވިލާތަކީ ކޮވިޑް-19ގެ ބިރުވެރިކަން ބޮޑުވެފައިވާ ގައުމެކެވެ. އެ ގައުމަކީ ދުނިޔެއިން އެންމެ ގިނަބަޔަކަށް މި ބަލި ޖެހި، އެ ބަލީގައި މަރުވި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޭ ބުއްދި

    ޢަންނި ވަރަށް ނައްޓާނެ ތިކަމާ، ގޮވާނެ ފުލުހުންނަށް ފިޔަވަޅު އަޅަން،

    2
    1