މިދިޔަ ޑިސެންބަރު މަހު ފަހުކޮޅު ކޮވިޑް-19 އަށް ފައްސިވި ކެލިފޯނިއާ މީހަކު ކޮވިޑް-19 ވެކްސިން ޖެހި ފަހުން އިއްޔެ މަރުވެއްޖެ އެވެ.

އޭނާ މަރުވެފައިވާކަން ހާމަކޮށްފައި މިއަދު އެވެ.

"މިހާރު މިކަން ދަނީ ތަހުގީގު ކުރަމުން، މިކަން ތަހުގީގު ކުރަމުން އެތައް ޓީމަކުން ދަނީ ހަރަކާތްތެރިވަމުން،".ޕްލޭސާ ޝެރިފް އޮފީސް އިން ބުނެފައި ވެއެވެ.

އެ މީހާ ޖަހާފައި ވަނީ މޮޑާނާ ވެކްސިން ކަމެއް ފާއިޒާގެ ވެކްސިން ކަމެއް އަދި ސާފެއް ނުވެއެވެ.

ކޮވިޑް-19 ވެކްސިން ޖެހި ބައެއް މީހުން އެލާޖިކްވެ ކަންކަން ދަނީ ވަމުންނެވެ. އެހެން ނަމަވެސް މިގޮތަށް ބޮޑުވަރުވަނީ ވަރަށް މަދުންނެވެ.

ވެކްސިންއަކީ ސައިޑް އެފެކްޓް ހުންނަ އެއްޗެއްކަމަށް އަބަދުވެސް ސިއްހީ މާހިރުން ބުނަމުން ދެއެވެ.އެގޮތުން ވަރުބަލިވުމާއި، ބޮލުގައި ރިއްސުމާއި، ހުން އައުން ފަދަ ކަންކަަމަކީ ވެކްސިންގެ ސަބަބުން ދިމާވާ ކަންކަމެވެ.އަދި މިއީ ވެކްސިންގެ ސަބަބުން ހަށިގަނޑު ރައްކާތެރިކޮށްދޭ ކަމުގެ ނިޝާންތައް ކަމަށް ބުނެފައި ވެއެވެ.

ކެލިފޯނިއާގައި ކޮވިޑް-19 ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާއިރު، މިހާތަނަށް 2,008,220 މީހަަކަށް ވެކްސިން ޖަހާފައި ވެއެވެ.

ފާއިތުވެދިޔަ މަސް ތެރޭގައި އެ ސިޓީގައި ދުވާލަކަށް 400 އަށްވުރެ ގިނަ މީހުން ކޮވިޑް-19ގައި މަރުވެފައި ވެއެވެ. އެ ސްޓޭޓްގައި އެކަނި މިހާތަނަށް 36362 މީީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މި ޕެންޑެމިކް ފެށިފަހުން އެ ސިޓީން ތިން މިލިއަން މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ލއ

  އޭނަ މަރުވީ ހަމަ ވެކްސިން ޖެހީމަކަމުގެ ކިހާ ގެރެންޓީއެއް އެބައޮތް؟ ނުޖެހި ނަމަވެސް މަރުވީސް ތޯއްޗެ. އަނެއްކާ ކިތައް މީހުން ޖަހައިގެން އެންމެ މީހެއްގެ ވާހަކ ތީ. ވަރަށް ދެރަ އެމެރިކާގެ އެންޓިވެކްސް މީހުން ދައްކާ ކަހަލަ ވާހަކ ހަބަރުގެ ގޮތުގަ މީހުންނަށް އޮޅޭހެން ގެނެސްދޭތީ. އެޔަށްވުރެ ޒިންމާދާރު ވާނެ ކަމަށް ހީކުރީ.

  6
  3
 2. މައި

  ވެކްސިނަކީ ބަލި ނުވަނީސް ރައްކާތެރިވާން ޖަހާ އެއްޗެންނު؟ ރަނގަޅަށްވިއްޔާ ކޮވިޑާ ހެދި މަރުވީ. ވެކްސިން އެކަމް ގޯސްމިވީ. ޕިސް ޕިސް

  7
  2
 3. އަޙްމަދް

  ވެކްސިންއަކީ ސައިޑް އެފެކްޓް ހުންނަ އެއްޗެއްކަމަށް އަބަދުވެސް ސިއްހީ މާހިރުން ބުނަމުން ދެއެވެ.އެގޮތުން ވަރުބަލިވުމާއި، ބޮލުގައި ރިއްސުމާއި، ހުން އައުން ފަދަ ކަންކަަމަކީ ވެކްސިންގެ ސަބަބުން ދިމާވާ ކަންކަމެވެ.އަދި މިއީ ވެކްސިންގެ ސަބަބުން ހަށިގަނޑު ރައްކާތެރިކޮށްދޭ ކަމުގެ ނިޝާންތައް ކަމަށް ބުނެފައި ވެއެވެ.
  (ވެކސިނާ ޖެހުނީމަ ބޮލުގައި ރިއްސުމާއި،
  ހުން އައުން ފަދަ ކަންކަަމަކީ ވެކްސިންގެ ސަބަބުން ރައަކާތެރި ކަންކަން!)
  ކޮވިޑާ ޖެހުނީމަ ބޮލުގައި ރިއްސުމާއި، ހުން އައުން ފަދަ ކަންކަަމަކީ ނުރައްކާތެރި ބައްޔެކެވެ
  މީ ކޮންފަދަ ބޯ ޗޯކެއްތޯއެވެ
  ކިތައްމެ ދެކޮޅު ނުޖެހުނަސް ސައިންސިސްޓުން ނާއި ޑަކުޓުންބުނެފިއްޔާ އެދެން ވާނެތޯ ތެދަކަށް.
  ވެކްސިން އެއީ ފައިދާހުރި ރަނގަޅު އެއްޗެއްގެ ގޮތުގައި ދައްކަން މިޑަކުޓރުންނާއި ސައިންސިސްޓުން ކޮމެފަދަ ކޮހެއްވެސް ގޮވާފާނެތެ!

  1
  11