ކެނެޑާގެ ވެރިރަށް އޮޓާވާގައި ނިޔާވާ މުސްލިމުންގެ ކަށުކަމާކެމީގެ ކަންކަން ކުރަމުން އަންނަތާ 40 އަހަރުވެފައިވާ މީހަކު ނަމާދަށް ހުއްޓައި ނިޔާވެއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މުމްތާޒް އަޚްތަރު ނިޔާވީ މިދިޔަ ބުދަ ދުވަހު މަޣްރިބު ނަމާދަށް ހުއްޓައެވެ. މުމްތާޒު އަޚްތަރު ނިޔާވުމާ ގުޅިގެން އެ ގައުމުގެ މުސްލިމް ބައިވެރިވެގެން އޭނާގެ މައްޗަށް ކަށުނަމާދު ކުރީ އިއްޔެގައެވެ. އޭނާގެ މައްޗަށް ކަށު ނަމާދު ކުރުމާއި ހިނެވުމުގެ ކަންކަން ކުރިއަށް ދިޔައީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެންނެވެ.

މުމްތާޒު އަޚްތަރަކީ 1960 ގައި އޮޓާވާއަށް ހިޖުރަކުރި މީހެކެވެ. ޕާކިސްތާންގެ އެމީހާ ނިޔާވިއިރު އަންބަކާއި ދަރިން ދުނިޔޭގައި އެބަތިބިއެވެ.

މުމްތާޒު އަޚްތަރު ދަންނަ ގާތް މީހުން ބުނާ ގޮތުގައި އޭނާއަކީ ވަރަށް ޚުލްގު ހެޔޮ، މީހުންނާ ގުޅޭ މީހެކެވެ. ހާއްސަކޮށް ރަހްމަތްތެރިންނަށް ވަރަށް ބޮޑަށް އެހީތެރިވެ، އަޅާލާކަން ގިނަ މީހުން ފާހަގަ ކުރެއެވެ. އޭނާގެ އަޅާލުން ނުލިބޭ މީހަކު މަދު ވާނެ ކަމަށް އެމީހުން ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ހަގީގަތް

  ރަގަނޅު ކަންތައްތައް ކުރާ ނަމަ..މަރުވެސް ބާއްޖަވެރި ވާނެ...40 އަހަރު ވަންދެން ނިޔާވާ މުސްލިމުން ހިނަވެވުމުގައި. އެންމެފަހުން ނިޔާވީ މާތް ﷲގެ ގެ ކޮޅުގައި އެކަލާނގެއަށް އަޅުކަން ކުރަމުން ދަނިކޮށް

  40
  1
 2. ހިޔާލު

  ,انا لله وانا إليه راجعون
  މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمین