ކޮވިޑް-19 ޖެހުނު ސްރީލަންކާގެ ހެލްތް މިނިސްޓަރ ފަވިތުރާ ވަންނިއަރައްޗީއަށް އިންފެކްޝިއަސް ޑިސީސް ހޮސްޕިޓަލް (އައިޑީއެޗް)ގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. އޭނާ އެ ހޮސްޕިޓަލްގެ އައިސީޔޫއަށް ބަދަލުކޮށްފައި ވަނީ އިތުރަށް ފަރުވާދިނުމަށެވެ.

މިނިސްޓަރ ފަވިތުރާ ކޮވިޑް-19 އަށް ފައްސިވުމުން ފުރަތަމަ ފަރުވާދެމުން ގޮސްފައި ވަނީ ކޮއްގަލާގައި ހުންނަ ޓްރީޓްމެންޓް ސެންޓަރެއްގައެވެ. އަދި އިއްޔެ މެންދުރުގެ ވަގުތެއްގައި ކޮޓެލަވަލާ ޑިފެންސް ޔުނިވާސީޓީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އޭނާއަށް ފަރުވާދީފައިވާއިރު، އިއްޔެ ހަވީރުގެ ވަގުތެއްގައި އޭނާ ވަނީ އައިޑީއެޗްއަށް ބަދަލުކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތިގައި، މިނިސްޓަރގެ ފިރިކަލުން ކަންޗަނާ ޖަޔަރަންތޭވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފަައެވެ.

މިނިސްޓަރ ފަވިތުރާ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، އެގައުމުގައި ކޮވިޑް-19 އާ ދެކޮޅަށް އުފެއްދި ބޭހެއް ބޭނުން ކުރި ފަހުންނެވެ. އޭނާއަކީ އެ ބޭސް ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައިވެސް އުޅުނު މީހެކެވެ.

އޭނާ ކޮވިޑް-19 އާ ފައްސިވުމުން ގާތުން އެއްތާވި މީހުން ހޯދައި ގިނަބަޔަކު ވަނީ ކަރަންޓީންކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު