ޓައިވާންގެ ފިރިހެނަކު އޭނާގެ ގޭގައި ކަރަންޓިންވެގެން، ހުރެ ކަރަންޓީނުގެ އުސޫލާ ހިލާފުވެފައިވާތި އެއް މިލިއަން ޓައިވާން ޑޮލަރުން ޖޫރިމާނާ ކޮށްފިއެވެ.
ނަން ހާމަ ކޮށްފައި ނުވާ އެމީހާ އަކީ ޓައިވާންގެ ތައިޗަންގައި ދިރިއުޅޭ މީހެކެވެ. ވިޔަފާރި ދަތުރެއްގައި ޗައިނާއިން އެނބުރި ގައުމަށް އައުމަށްފަހު މިމީހާ ކަރަންޓީނުވެފައިވަނީ އޭނާގެއަމިއްލަ އެޕާޓްމެންޓުގައެވެ. އެގައުމުގެ މީޑިއާތަކުން ބުނާގޮތުން އޭބާ ވަނީ ހަތް ފަހަރު ކަރަންޓީނުގެ އުސޫލުތަކާ ހިލާފްވެފައެވެ.
ޓީޓީވީ ހަބަރުތައް ބުނާގޮތުން މި ފިރިހެންމީހާ ވަނީ އޭނަގެ ކާރު މަރާމާތު ކުރުމަށާއި އަދި ވިޔަފާރި ކުރުމަށް ތިން ދުވަސްތެރޭ ހަތް ފަހަރު އޭނާގެ އެޕާޓްމެންޓްއިން ބޭރަށް ގޮސްފައެވެ. ގޭގައި ކަރަންޓީނުގައި ހުރެ އޭނާ ބޭރުތެރޭގައި އުޅެން ފެށުމުން އަވައްޓެރިއަކު އޭނާގާތުގައި އެ ވާހަކަދެއްކުމުން، އޭނާވަނީ އެމީހާއާ ޒުބާމުކޮށް އަޑުގަދަ ކޮށްފައި ވެސްމެއެވެ.
މިމީހާ ޗައިނާއިން އެނބުރި ގައުމަށް އައިސްފައިވަނީ ޖެނުއަރީ 21 ވަނަ ދުވަހު އެެވެ.
ޓައިވާންގެ ގަވާއިދުގައިވާ ގޮތުން 14 ދުވަހުގެ ކަރަންޓީންއެއް ވާންޖެހެއެވެ.
ޓައިޗަންގެ މޭޔަރ ލޫ ޝިއޯ ޔެން ބުނެފައިވަނީ މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމާއިއި އެ މީހާ އަށް އަދަބު ލިބެން ޖެހޭނެކަމަށެވެ.
2020 ވަނަ އަހަރުގަ ފިލިޕީންސްއިން އެގައުމަށް އެތެރެވެފައިވާ މީހަކު ކަރަންޓައިންގައި ތައިވާން ސަރުކާރުން ހަމަޖައްސާފައިވާ ހޮޓެލްއެއްގައި ހުރެފައި ކަރަންޓީންގެ އުސޫލާ ހިލާފްވެ ހޮޓެލްގެ ހޯލްތެރޭގައި އުޅުނުތަން ސީސިޓީވީއިން ފެނިގެން އެގައުމުން ވަނީ އެމީހާ 3500 ޑޮލަރުން ޖޫރިމާނާ ކޮށްފައެވެ.
ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 23 މިލިއަން މީހުން އުޅޭ އެ ގައުމުން 889 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ހަތް މީހަކު ވަނީ މަރުވެފައެެވެ.
މި ކަހަލަ ކަމެއް ކޮއްގެން ޖޫރިމަނާ ކުރިޔަސް މި އިނދިކޮޅު މޮޔައިންތައް ބުނާނެ ރައްޔިތުން އަތުން ސަރުކާރުން ފެލަނީއޭ
ރައްޔިތުން ފެލައިގެން ކާ ސަރުކާރު މިގައުމުގައި އޮތީ!
އިދިކޮޅެއް ނޫން, އެމްޑީޕީ މޮޔައިންތަށް ވެސް ތިހެން ކިޔާ... ނިކަން ހުރިހާ ޕާޓީ އެއްގެ މޮޔައިން ކިޔާއެއްޗެއް ނުބަލާ ލައްކައިން ޖޫރިމަނާ ކޮށްލާ