މުޅި ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން އެމެރިކާއިން މަރުވާ މީހުންގެ އަދަދު ގިނަވެ ޖަނާޒާތައް ކިއު ޖެހެން ފަށައިފިއެވެ.

އުތުރު އެމެރިކާގައި އޮންނަ އެންމެ ބޮޑު އެއް ސަހަރާއަކީ 1،400 ހެކްޓަރުގެ ރޯޒް ހިލްސް މެމޯރިއަލް ޕާކާއި މޯޗަރީތަކެވެ. އެގައުމުގެ އެހާމެ ގިނަ ސަހަރާތައް ތިބިއިރުވެސް، އެގައުމުން އަންނަނީ މީހުން މަރުވާ އަދަދު ގިނަވެ، ޖަނާޒާތަކަށް ބާރު ބޮޑު ވަމުންނެވެ.

އެގައުމުން ބަލި ޖެހިގެން މަރުވާ މީހުންގެ އިންސައްތަ އިތުރުވެފައިވާއިރު، ބަލި ޖެހިގެން މަރުވެފައިވާ މީހުންގެ އާއިލާތަކުން އަންނަނީ އެމީހުންގެ ޖަނާޒާތައް ލަސްވާތީ ކަންބޮޑުވެފައެވެ. އެހެން ކަމުން ގިނަ މީހުންގެ ހަށިގަނޑުތައް މިހާރު ވަނީ އައިސް ކުރުމަށް ބާއްވާފައެވެ.

"ހޮސްޕިޓަލްތަކަށް ވަނީ ވަރަށް ބޮޑެތި އަސަރު ކޮށްފައި. އެމީހުންވެސް މީހުން މަރުވެގެން ބައްހަޓާތަންތަން ވަނީ ފުރިފައި. އަހަރުމެންގެ އަމާޒަކަށްވީ އާއިލާއަކުން ގުޅުމުން އެމީހުންނަށް ހާޒިރުވެވޭނެ ކަމަށް ބުނުން" ރޯޒް ހިލްސްގެ ރައީސް ޕެޓްރިކް މޮންރޯ ބުންޏެވެ.

އެހެން ކަމުން އެފަރާތުން މިހާރު ވަނީ މަރުވާ މީހުންގެ ހަށިގަނޑު ކުނި ނުވާ ގޮތަށް އައިސް ކުރުމުގެ ވަސީލަތް ގާއިމު ކޮށްފައެވެ. އެގައުމުގެ ކޮވިޑް-19ގެ ސަބަބުން ފިޔަވަޅުތައް އަޅާފައިވާއިރު، ރޯޒް މެރީއިން ބުނެފައިވަނީ އާއިލާތަކުގެ މީހުން ފިޔަވަޅުތަކަށް ލިޔުއް ލިބުމުން މަރުވާ މީހުންގެ މޫނު ބެލުމަށް އަންނަ ދެން ހަށިގަނޑު ބޭއްވޭ ގޮތަށް ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން މީގެ ކުރިން ހަފްތާއަކަށް އެގޮތަށް ބާއްވާއިރު، މިހާރު މަހަކަށް އެކަން ދިގު ދެމިގެން ދާކަން އެތަނުން ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސދފ

    މިހާރު ވިސްނޭނެ މެދުއިރުމަތީގައިވެސް އެމީހުން މަރާލާފައި ވަނީ އިންސާނުންކަން