ޓައިވާން ކައިރީ ބާރުގަދަ ދެ ތޫފާން އުފެދެން ފަށައިފިއެވެ.

ޔޫރަޕް އަދި އެމެރިކާގެ މޫސުމާއި ބެހޭ އިދާރާތަކުން ބުނާ ގޮތުގައި މި ދެ ތޫފާން ޓައިވާން ކައިރީގައި އަންނަ ހަފްތާގައި އުފެދެން ފަށާނެ ކަމަށާއި އަދި މި ދެ ތޫފާނުގެ ސަބަބުން ޓައިވާނަށް ބޯކޮށް ވާރޭވެހި ގެއްލުން ވާނެ ކަމަށެވެ.

މޫސުމާބެހޭ އިދާރާތަކުން ބުނާގޮތުގައި އެގައުމުގެ އުތުރުގައި އަދި ދެކުނުގައި އުފެދިފައިވާ މި ތޫފާން ތަކުގެ އަސަރު ޓައިވާނަށް 8 ޖޫން އިން ފެށިގެން 13 ޖޫން އާއި ހަމަޔަށް ކުރާނެއެވެ.

މި ދެތޫފާން ގުޅިއްޖެ ނަމަ ބޮޑު ތޫފާނަކަށް ބަދަލުވެދާނެ ކަމުގެ ބިރުވެސް ހީވެފައިވާއިރު ތޫފާން ތަކަށް ދުރާލާ ތައްޔާރުވުމަށް ޓައިވާނުން ދަނީ މައްސަކަތް ކުރަމުންނެވެ.

މޫސުމާ ބެހޭ އިދާރާތްތަކުން ހާމަކުރައްވާގޮތުގައި މި ދެ ތޫފާނުގެ ބާރުމިން ވަރުގަދަވާނެކަމަށެވެ.

މިތޫފާނުގެ އިންޒާރާއި އެކު ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވަނީ މަސްވެރިން މަހަށް ނުނުކުތުމަށާއި އާންމުންވެސް ސަމާލުވެ ތިބުން މުހިންމު ކަމަށެވެ.

2016 ވަނަ އަހަރު ޓައިވާނަށް ދެ ހަފްތާ ތެރޭގައި ތިންތޫފާން، އެގައުމުގެ އިރުމަތީ އައްސޭރިފަށަށް އެރިއެވެ. އެ ތޫފާނުގެ ސަބަބުން ދެ މީހަކު މަރުވެ 63 މީހަކު ޒަހަމްވިއިރު، އެތައް ހާސް ޓައިވާނުގެ ރައްޔިތުންގެ ގެދޮރު ގެއްލި ކަރަންޓަށް ޖެހުނެވެ.

2016 ވަނަ އަހަރު ތޫފާން މެރަންޓީ އެރިތާ ދެ ދުވަސް ފަހުން ޓައިވާނުގެ އުތުރަށް "ނެޕާޓަކް" ނަމަކަށް ކިޔާ ތޫފާނެއް އެރިއެވެ. "ނެޕާޓަކް" ނަމަކަށް ކިޔާ އެ ތޫފާނު ގަޑިއަކު 234 ކިލޯ މީޓަރަށް ވައި ޖެހިފައިވާ އިރު ޓައިވާނަށް އެރި މިތޫފާން ރިކޯޑުކޮށްފައިވަނީ މިހާތަނަށް އެގައުމަށް އެރި އެންމެ ނުރައްކާތެރި ތޫފާނުގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިޒުރޭލު ހަލާކު ކުރައްވާ ގަންބަވާށި

  2. އާމީން