ކޮވިޑް-19 އާ ގުޅިގެން ނޭވާލާން ދަތިވާ ކަމަށްވީ ނަމަވެސް ބައެއް ބަލި މީހުން ވެންޓިލޭޓަރުގައި އޮންނަން ބޭނުން ނުވާކަމަށް ބުނެ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިިއެވެ.

ގިނަ މީހުންްނަކީ ބަލިވިި ނަމަވެސް ބައެއް ކަހަލަ ޓެސްޓުތައް ހެދުމަށާއި، ބައެއް ގޮތްގޮތަށް ފަރުވާ ހޯދުން އަދި ބޭސްކެއުމާއި ދެކޮޅު މީހުންނެވެ. އެހެން ނަމަވެސް ސިއްހީ ފަރާތްތަކުން އެެދޭ ކަންކަމާއި ދެކޮޅުވެ އެއްބާރުލުން ނުދިނުމަކީ މިކަމުުގެ ސަބަބުން އެފަރާތްތަކަށް އެތައް އުނދަގުލެެއް ކުރިމަތިވާނެ ކަންކަމެވެ.

ބޭރުގެ "ދި ފެކަލްޓީ އޮފް އިންޓެންްސިިވްް ކެއާ މެޑިސިން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބައެއް ބަލި މީހުންނާއި އެމީހުންގެ އާއިިލާތަކުން އަންނަނީ ކިތަންމެ ހާލަތު ދެރަވި ނަމަވެސް ވެންޓިލޭޓަރު ބޭނުންކުރުމަށް ދެކޮޅު ހަދަމުންނެވެ. އަދި މިކަމަށް ދެެކޮޅު ހަދަމުން އަންނަނީ މި މެޝިނގެ ސަބަބުން އެމީހުން މަރުވެދާނެތީ ކަމަށް އެ ފެކަލްޓީ އިން ވަނީ ހާމަކޮށްފައެވެެ.

މިގޮތަށް ވެންޓިލޭޓަރުު ބޭނުންކުރުމަށް ދެކޮޅު ހަދަމުން އަންނަ ކަމަށްވާ ނަމަ ފުރާނައަށް ނުރައްކާތެރިވެ ފަރުވާ ދިނުމަށް ނުހަނު ދަތިވާނެ ކަމަށާއި، އެހެން ކަމުން ބަލި މީހުން ވެެންޓިލޓާރުތައް ބޭނުންކުރަން ޖެެހޭ ހާލަތްތަކުގައި އެއްބާރުލުން ދިނުުމަށް އެފަރާތުުން ވަނީ އިލްތިމާސްކޮށްފައެވެ.

މިކަން ބައެއް ބަލިމިހުން ކުުރަމުން އަންނަނީ ބައެއް ފަރާތްތަކުްން ފަތުރާ ދޮގު މައުލޫމާތުތަކުގެ ސަބަބުންނާއި، އެމީހުންނަށް ވިސްނިފައި އޮންނަ ގޮތުގެ ސަބަބުން ކަމަށް "ޑެއިލީމެއިލް" އިން ވަނީ އެ ފެކަލްޓީއާއި ހަވާލާދީ ރިޕޯޓުކޮށްފައެވެ.

ވެންޓިލޭޓަރަކީ ނޭވާލުމަށް ދަތިވާއިރު ނޭވާލާން އެެހީވެދޭ މެޝިނެކެވެ. ކޮވިޑް19 ގެ ސަބަބުުން ނޭވާލުމުގެ ނިޒާމަށް އެެތައް މައްސަލައެއް ދިމާވެއެވެ.

ކިޔުންތެރިންގެ ހިޔާލު