ކޮވިޑް-19 ޖެހިގެން ސްރީ ލަންކާގައި ފުރަތަމަ ފަހަރަށް ޑޮކްޓަރެއް މަރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ލަންކާ އަށް އުފަން ޑރ. ގަޔާން ދަންތަނަރަޔާނާ މަރުވީ ކަރަޕިޓިޔާ ހޮސްޕިޓަލްގެ އައިީސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

ޑރ. ގަޔާން މެޑިކަލް ޑިގްރީ ފުރިހަމަކޮށްފައި ވަނީ ޗައިނާއިންނެވެ. އޭނާ ވަނީ ކޮލަމްބޯގެ ނޯތު ޓީޗިން ހޮސްޕިޓަލްގައި މަސައްކަތްކޮށްފައެވެ.

ގަޔާން ކޮވިޑް-19 އަށް ފައްސިވި ފަހުން، ނިއުމޯނިއާ އާއި ޑައިބެޓީސް ފަދަ ސިއްހީ މައްސަލަތަކެއް ކުރިމަތިވިއެވެ. އޭނާ ކަރަޕިޓިޔާ ހޮސްޕިޓަށް ބަދަލު ކުރީ، ހާލު މާ ބޮޑަށް ގޯސްވާން ފެށުމުން ކަމަށްވެއެވެ.

ޑޮކްޓަރު ބަލި ޖެހިގެން މަރުވި އިރު، އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި ގިނަ އަދަދެއްގެ އާއިލާގެ މެމްބަރުން ވެސް ހިމެނެއެވެ.

ސްރީ ލަންކާގައި މިހާތަނަށް 64,983 މީހުން ކޮވިޑް-19 އަށް ފައްސިވެ 323 މީހަކު ވަނީ މަރުވެފައެވެ. މި ބަލި ޖެހިގެން 58,075 މީހުން ރަނގަޅުވެފައިވާ އިރު، ބައްޔަށް މިވަގުތު ފަރުވާ ދެނީ 6,585 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު