ކޮވިޑް-19 ބަލި މީގެ ކުރިން ޖެހިފައިވާ މީހުންނަށް އަނެއްކާވެސް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ސައިންސްވެރިން ބުނެފައިވަނީ "ކެންޓް ކޮވިޑް ވޭރިއެންޓް" ގެ އިތުރު ވައްތަރެއް ހޯދިފައިވާ ކަމަށާއި އެއަކީ ކުރިން ފެނިފައިވާ ވައިރަސްއަށްވުރެ ނުރައްކާ ބޮޑު އެއްޗަކަށް ވެދާނެ ކަމަށެވެ. އެގޮތުން އެންޓިބޮޑިސްތަކަށް އެތަކެތި ވަކި ކުރަން ނޭނގޭ ގޮތަށް ސިފަ ބަދަލު ކުރެވޭ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

އެއަށް ސައިންސްވެރިން ނަން ދީފައިވަނީ E484K ނަމުންނެވެ. މި ވައްތަރު ދެކުނު އެފްރިކާއިން ފެނިފައިވާ ވައިރަސްގައިވެސް ހުރި ކަމަށް އެފަރާތުން ވަނީ ބުނެފައެވެ. އެގޮތުން މިހާތަނަށް ނަގާފައިވާ 200،000 ސުންކުގެ ތެރެއިން 11 ސުންކަކުން މި ވައްތަރު ފެނިފައިވެއެވެ.

ސްކައި ސައިންސްގެ ކޮރެސްޕޮންޑެންޓް ތޯމަސް މޫރޭ ބުނެފައިވަނީ މިއީ ނުރައްކާތެރި ހޯދުމެއް ކަމަށާއި މީގެ ސަބަބުން ކުރިން ބަލި ޖެހިފައިވާ މީހާއަށް އަލުން ބަލި ޖެހޭނެ ކަމަށާއި ބަލިން ރައްކާތެރިވުމަށް ބޭނުން ކުރާ ވެކްސިންގެ އަސަރުވެސް ދަށްވެދާނެ ކަމަށެވެ.

އޭނާ ބުނީ، E484K އަކީ އޭގެ ޒާތުގައި އިތުރު ބާރެއް ލިބިފައިވާ ވައިރަސްއެއް ކަމަށާއި މި ވައިރަސްގެ އަސަރު ހަމަ އެކަނި ކުރަނީ ހަށިގަނޑުގެ ސެލްތަކަށް ނޫން ކަމަށެވެ. އެ ވައިރަސް އިންސާނާގެ ދިފާއީ ނިޒާމުވެސް ބަލި ކަށިކޮށް، ބާރުގެ ދަށަށް ގެނެސްދާނެ ކަމަށެވެ.

"އޭގެ ސިފަ ބަދަލު ކުރުމުގެ ބާރު ލިބިފައިވުމުން އެންޓިބޮޑީސްއަށް އެ ވަކި ކުރަން އުނދަގޫ ވާނެ. މިއީ ވިސްނަން ޖެހޭ ވަރުގެ ކަމެއް" އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ، މި ފެތުރުނަސް، މަރުވާ މީހުންގެ އިންސައްތަ ދަށް ކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް މި ބަލި ފެތުރުން ކޮންޓްރޯލް ކުރަން އުނދަގޫވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނިހާން ދޮންކެޔޮ

    އަސްލު ކުރިން ޖެހުނީ ރޯނގާއެއްދޯ... މިހާރު ކޮވިޑު ތިއައިދޯޯދޯ...