މިހާރު ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަމުން އަންނަ ކޮވިޑް-19 ގެ އާ ވައްތަރުތަކަށް ޙާއްސަ ވެކްސިނެއް އޮކްޓޯބަރ މަހުގެ ތެރޭގައި ނިމޭނެ ކަމަށް އޮކްފޯޑްގެ ވެކްސިން ގްރޫޕުން ބުނެފިއެވެ.

އޮކްސްފޯޑް ވެކްސިން ގްރޫޕުގެ ޑިރެކްޓަރ، ޕްރޮފެސަރ އެންޑްރިއު ޕޮލާޑް ބުނެފައިވަނީ އާ ވޭރިއެންޓާއި ހަނގުރާމަ ކުރުމަށް ތައްޔާރު ކުރާ ވެކްސިންގެ މަސައްކަތް ދަނީ ހަލުވި ކަމާއި އެކީ ކަމަށެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކޮވިޑް-19ގެ އާ ވައްތަރުތަކުގެ ތެރެއިން E484K މިއުޓޭޝަން ހުންނަ ވައްތަރުތަކުގެ ސަބަބުން ވެކްސިންގެ އަސަރު ދަށްކޮށްލައެވެ. އެހެން ނަމަވެސް ބަލިވުމުން ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ވެކްސިނުން ފޯރުކޮށްދެއެވެ.

މި މިއުޓޭޝަން ފެނިފައިވަނީ ދެކުނު އެފްރިކާގައި ފެތުރެމުން އަންނަ ކޮވިޑް-19ގެ އާ ވައްތަރުންނެވެ. އަދި މިވަގުތު އިނގިރޭސިވިލާތުގައިވެސް މި ވައްތަރުގެ 100 އަށްވުރެ ގިނަ ވޭދަނަތައް ވަނީ ފެނިފައެވެ.

"އަޅުގަނޑަށް ހީވާ ގޮތުގައި އާ ވެކްސިންގެ މަސައްކަތް ވަރަށް އަވަސް. އެއީ އެ ވައިރަސް އަންނަނީ އެކި ފަހަރު އެކި ގޮތްގޮތަށް މީހުންނަށް ޖެހެމުން، އެކި ކަހަލަ ވައްތަރުތަކަށް" ޕޮލާޑް ބުންޏެވެ.

ޕޮލާޑް ބުނެފައިވަނީ އެހެން ކަމުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެކްސިން ނިންމޭނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އެކި ވެކްސިންތައް ފެނިގެންދާނެ ކަމަށެވެ. މި ވެކްސިންގެ މަސައްކަތް ފަށާފައިވަނީ "ކޮވިޝީލްޑް" ވެކްސިން އުފައްދާފައިވާ ކުންފުނިންނެވެ.

ކިޔުންތެރިންގެ ހިޔާލު