ޖަޕާނަށް 7.3 މެގްނެޓިއުޑް ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ އެވެ.

މިރޭގެ ވަގުތެއްގައި މި ބިންހެލުން އައިސްފައި ވަނީ ފުކުޝީމާ ޑައިޗީ ނިއުކްލިއަރ ޕަވަރ ޕްލާންޓް ސަރަހައްދަށެވެ.

މި ބިންހެލުން އައިސްފައިވަނީ 36 މޭލު ބިމު އަޑިންނެވެ.

ޖަޕާންގެ މޫސުމާއި ބެހޭ އިދާރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، މި ބިންހެލުމުގެ ބާރުމިނަކީ ރެކްޓަރ މިންގަނޑުން 7.1 މެގްނެޓިއުޑެވެ. މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން ނެތް ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި ބިންހެލުމުގެ ސަބަބުން ވެރިރަށް ޓޯކިޔޯގެ އިމާރާތްތަކަށް ލޮޅުންތަކެއް އަރާފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މި ސަރަހައްދަށް ބިންހެލުމެއް އައިސްފައިވާއިރު، މީގެ ކުރިން 2011 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހަމަ މި ސަރަހައްދަށް އައި ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގައި އެ ސަރަހައްދުގައި ހުންނަ ފުކުޝިނާ ނިއުކްލިއާ ޕްލާންޓް ވަނީ ހަލާކުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު