ކޮވިޑް-19 އިން ރައްކާތެރިވުމަށް ޗައިނާ އިން އުފެއްދި ސިނޯފާމްގެ 200،0000 ޑޯޒް ޒިމްބާބްވޭ އަށް ލިބިއްޖެއެވެ.

ޒިމްބާބްވޭގެ ރައީސް އެމަސަން ޑަމްބަޑްޒޯ މުނަންގާގުވާ ޓުވިޓާގައި ވިދާޅުވީ މި ވެކްސިން ޑޯޒްތައް އެގައުމުގައި މި ހަފްތާގައި ދޭން ފަށާނެ ކަމަށެވެ.

"ފުރަތަމަ ބެޗްގެ ވެކްސިން ކާމިޔާބު ކަމާއެކު ޒިންބާބްވޭއަށް ލިބިއްޖެ. ގައުމުގެ ރައްޔިތުންނަށް އަހަރުމެން ވެކްސިން ޖަހަން މި ހަފްތާގައި ފަށާނަން. ވައިރަސް އިން އަހަރުމެންގެ ގައުމު ރައްކާތެރިވެވުނު އަވަހަކަށް ޒިމްބާބްވޭގެ އިގްތިސާދު ރަނގަޅު ކުރެވޭނީ" އޭނާ ވިދާޅުވިއެވެ.

އިންފޮމޭޝަން މިނިސްޓަރ މޮނިކާ މުޓްސްވަންގުވާ މިދިޔަ ހަފްތާގައި ވިދާޅުވީ މާޗް މަހުގެ ކުރީ ކޮޅުގައި އިތުރު 600،000 ޑޯޒް ލިބޭނެ ކަމަށެވެ.
ޒިމްބާބްވޭގެ ނައިބް ރައީސް ކޮންސްޓެންޓިނޯ ޗިވެންގާ ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުންދާ މީހުންނަށް ކަމަށެވެ.
ޒިމްބާބްވޭގައި މިހާތަނަށް ކޮވިޑް-19 ގެ 35،000 ވޭދަނައެއް ފެނިފައިވާ އިރު، އެ ގައުމުން 1،400 މީހުން މަރުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަހުރަ

    ޒިމްބާބުވޭ ކަޅު ބަބުރުން ޗައުޅާ ފީ ކުކުޅުބިސް ޖަހާލައިގެން ތަންތާނގަ ބިތް ޖެހިފަ ތިބޭ ދެން!!

  2. Anonymous

    ޒިމްބާބްވޭ ފަދަ ޤުދުރަތީ މުއްސަނދިކަމާއި ބިމުގެ ފެހި ކަމާއި، ދެމޭ ކޯރުތަކުގެ މުއްސަނދިކަން ލިބިފައިވާ ޤައުމެއްގައި ތިޔަފަދަ ބޮޑު ޚަރަދެއް ކޮއްގެން ތިޔަކަން ކުރަން އުޅުމަކީ މާ ރީތި ކަމެއް ނޫން. ތިޔަ ފައިސާ ހެޔޮގޮތުގައި ވެސް ހޭދަކުރެވިދާނެ. ޚާއްސަކޮށް ވެރިރަށް ހަރާރޭ ފަދަ ރީތި ޝަހަރެއްގައި ކުރަން އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން މެ.