އިންޑިޔާާގައި މިއަހަރުގެ މިހާތަނަށް އެއްފަހަރާ އަތުލައިގަނެވުނު އެންމެ ގިނަ މަސްތުވާ ތަކެތި ލޮރީއަކުން އަތުލައިގެންފިއެވެ.

އިންޑިޔާގެ ފުލުހުންނާއި ހަވާލާދީ އިންޑިޔާގެ ނޫސްތަކުގައި ބުނެފައިވަނީ 700 ކިލޯގެ މަރުޖުއާނާ ހިފަހެއްޓާފައިވާ ކަމަށާއި މަރުޖުއާނާ ހިފަހައްޓާފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މަސްތުވާ ތަކެތި އަތުލައިގެންފައިވަނީ އިންޑިޔާގެ ވެރިޔަށް ނިއު ދިއްލީއަށް ވަތް ލޮރީއެއްގެ ތެރެއިންނެވެ. އިންޑިޔާގެ ފުލުހުން ބުނާ ގޮތުގައި މިއީ މިދިޔަ ފެބްރުއަރީމަހުގެ ފަހުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވުނު ފުރަތަމަ ފަހަރެވެ. ފެބްރުއަރީ މަހުވަނީ 260 ކިލޯގެ މަސްތުވާ ތަކެތި ދިއްލީއިން އަތުލައިގެންފައެވެ.

އިންޑިޔާގެ ފުލުހުންވަނީ މިމައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައެވެ. އަދި މިމަސްތުވާ ތަކެތި އެތެރެކުރުމުގައި ހަރަކާތްތެރިވާ މީހުން އަތުލައިގަތުމަށް ފުލުހުންދަނީ ހަރަކާތްތެރިވަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޣާދިރު މަނަދޫ

    ކުޑަކުދިން ރޭޕްކުރާ ރޭޕްސްތާނު ޑުރަގު ހާއްޔަކައް ބަދަލް ވަނީ.. ގެރިކައިރި ބުނޭ އަވަހައް.މ

  2. އަހަރެމެންގެ ރަށުގަވެސް ބޮޑެތި ފިހާރަތައް ހުޅުވައިގެން ދޯނިފަހަރު ގަނެގެން ތިކަހަލަ ކަންކަން ކޮށްގެން އުޅޭ ބައިގަނޑެއް އެބައުޅޭ. އެހެން ބަޔަކު ކަމެއްކޮށްފީއްޔާ މިބައިގަނޑަށް ލޮލުނިދިވެސް ނުލިބޭ އެމީހުން މުޅި ދުނިޔެއަށް ފަޟީހަތް ނުކޮށް. މިބައިގަނޑު މާތްﷲ ފަޟީހަތް ކުރައްވާ ނިކަމެތި ކުރައްވާ ދުވަހަކުން ދެން ކިޔާނީ ކީކޭބާ؟ މިކޮމެންޓު ނުޖެހިޔަސްވެސް ހަޤީގަތެއް ބަދަލެއް ނުވާނެ. މިއީ އެންމެންވެސް ދަންނަ ބޮޑު ހަޤީގަތެއް..