އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ސަޕޯޓަރުންނަށް ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން ވެކްސިން ޖެހުމަށް ގޮވާލައިފިއެވެ.

ޓީވީ އިންޓަވިއު އެއްގައި ޓްރަމްޕު ބުނީ ކޮވިޑް-19 ވެކްސިނަކީ ރައްކާތެރި އެއްޗެއް ކަމަށާއި ވެކްސިން ޖެހުމުން ވައިރަހުން ސަލާމަތް ވެވިދާނެ ކަމަށެވެ. ޓްރަމްޕް އާއި އޭނާގެ އަންހެނުން ވަނީ ޖެނުއަރީ މަހުގެ ތެރޭގައި ވެކްސިން ޖަހާފައެވެ.

ވެކްސިންއަކީ ރަނގަޅު އެއްޗެއް ކަމަށާއި ބުއްދިވެރި ގޮތަކީ ކޮރޯނާވައިރަހުން ސަލާމަތް ވުމުގެ ގޮތުން ވެކްސިން ޖެހުން ކަމަށް ފޮކްސް ނިއުސްއަށް ދިން އިންޓަވިއު އެއްގައި ޓްރަމްޕު ބުންޏެވެ. އޭގެ އިތުރުން އޭނާ ވަނީ ވެކްސިން ނުޖަހަން ތިބި މީހުންނަށާއި އޭނާއަށް ތާއީދު ކުރާ އެންމެނަށްވެސް ވެކްސިން ޖެހުމުގެ ހިޔާލުދީފައެވެ.

ސީބީއެސްއިން ހަދާފައިވާ ޕޯލް އަކަށް ރިޕަބްލިކަން ޕާޓީގެ ބައެއް މީހުން ވޯޓު ދީފައިވަނީ ވެކްސިން ޖެހުމުގެ ފުރުސަތު ލިބުނު ކަމުގައި ވިޔަސް ވެކްސިން ޖެހުމާއި ދެކޮޅަށެވެ.

ބަރަކް އޮބާމާ އާއި ޖޯޖް ޑަބްލިއު ބުޝް ހިމެނޭހެން އެމެރިކާގައި ވެރިކަންކުރި މީހުން ވަނީ ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ވާހަކަ ދައްކާފައެވެ.

ސެންޓަ ފޯ ޑިސީސް ކޮންޓްރޯލްގެ ރިކޯޑުތަކަށް ބަލާއިރު އެމެރިކާގެ 10 އިންސައްތަ މީހުން ވަނީ ކޮވިޑް-19 ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައެވެ. 33 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 ވެކްސިންގެ ދެ ޒޯޒް ފުރިހަމަ ކޮށްފައި ވާއިރު 64 މިލިއަނެއްހައި މީހުން ވަނީ ކޮވިޑް-19 ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު