މާތްވެގެންވާ މަސްޖިދުލްޙަރާމްގެ އެންމެ މަތީ ބުރިން ތިރިއަށް ފުންމާލައިގެން މީހަކު އަމިއްލަޔަށް މަރުވެއްޖެއެވެ.

ފުލުހުންނާއި ހަވާލާދީ ސައުދީ އަރަބިއްޔާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އެ މީހާ މަރުވީ މަސްޖިދުލްޙަރަމްގެ އެންމެ މަތީ ބުރިން ތިރިއަށް ފުންމާލައިގެންނެވެ.

ރޭ ސައުދީ ގަޑިން 9:20 ހާއިރު ހިންގި އެ ހާދިސާގައި މަރުވި މީހާގެ ތަފުސީލު ސައުދީގެ ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް މަރުވީ ފިރިހެނެއްކަން ސައުދީން ވަނީ ކަށަވަރުކޮށްދީފައެވެ.

https://m.youtube.com/watch?v=AwT4-G0WHWk

އުމުރުން 35 އަހަރުގެ ޕާކިސްތާނަށް ނިސްބަތްވާ އެ އެމީހާ ފުންމާލައިފައިވަނީ މީހުން ތަވާފްކުރާ ތަނަށް ކަމަށް ސައުދީގެ ފުލުހުން ބުނެއެވެ. އެމީހާ ފުންމާލުމުން އޭނާގެ ބޯފަޅައިގެން ގޮސް ބައެއް ގުނަވަންތައް ބިންދައިގެން ދިޔައެވެ.

އެމީހާގެ މަރުގެ މައްސަލަ ސައުދީގެ ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންދާއިރު މައްކާގެ ހަރަމްފުޅުގައި މީހުން އަމިއްލައަށް މަރުވުމުގެ ހާދިސާތައް މީގެ ކުރިންވެސް ވަނީ ހިނގާފައެވެ.

މިހާދިސާގައި އިތުރު އެއްވެސް މީހަކަށް އަނިޔާނުވާއިރު ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކުއްލި ހާލަތުގައި އެމީހާ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް އެމީހާ ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    الله اكبر
    سبحان الله
    استغفر الله