ސައުދީ އަރަބިއްޔާގެ މާތް ބިން، މައްކާގައި ހުންނަ ހަރަމްފުޅުގައި ހުރެ ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނަސްރު ދިނުމަށް އެދި ދުއާ ކުރި މީހަކު ސައުދީ ފުލުހުން ހައްޔަރުކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު އެމީހާ ހައްޔަރު ކުރިއިރު އަތުގައި ވަޅިއެއް ވެސް އޮތެވެ. އެމީހާ ހައްޔަރުކުރީ ހަރަމްފުޅުގައި އަޅުކަން ކުރަން ތިބި މީހުންގެ އެހީއާއެކު ޙަރަމްފުޅުގެ ކަންތައްތައް ބަލަހައްޓާ ސައޫދީ ސަލާމަތީ ބާރުތަކުންނެވެ.

ސައުދީގެ ރިޕޯޓުތައް ބުނާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ހަރުކަށި ފިކުރަށް ތާއީދު ކުރާ ސައުދީ މީހެކެވެ.

އެމީހާ ލައިގެން ހުރީ ސައުދީ މީހުން ލާ ބާވަތުގެ ޖުއްބާއެކެވެ. ބޮލުގައި އަޅައިގެންވެސް ހުރީ ސައޫދީ މީހުން އަޅާ ވައްތަރުގެ ފޮތިގަނޑެކެވެ. އެމީހާ ހައްޔަރު ކުރީ އެ ދުވަހުގެ އަސްރުގެ ފަހުން ކަމަށްވެއެވެ.

އޭނާ ހަރަކާތްތެރިވަމުން ދިޔައީ ހަރަމްފުޅުގެ ފުރަތަމަ ފަންގިފިލާގައެވެ.

ދެ ހަރަމްފުޅުގެ ކަންކަން ބަލަހައްޓާ ސައޫދީ އިދާރާގެ ރައީސް އަދި އަލްމަސްޖިދުލް ހަރާމްގެ އިމާމެއް ކަމަށްވާ އަބްދުއްރަހްމާން އައްސުދައިސް ވަނީ މި ހާދިސާ ހިނގިކަން ކަށަވަރުކޮށް ދެއްވައިފައެވެ. އޭނާގެ ފަރާތުން ފެނުނީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ. ދެ ހަރަމްފުޅުގެ އަމާންކަމާ ނަގާލުމުގެ ފުރުސަތު ސައޫދީ ސަލާމަތީ ބާރުތަކުން ނުދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަޒްރާ

    ވަޅި ހިފައިގެން ޙަރަމްފުޅަށް ވަދެވޭނީ އެތަން ވ ސެކިއުރިޓީ ވީމަ ކަމަށް ބެލެވެނީ

    8
    3
  2. ބަރުގޮނު

    ތިޔަ މީހާއަށް ހަމަ އެންމެ ހަރުކަށި ޢުޤޫބާތް ދޭން ޖެހޭނެ.

    17
    1
  3. ބަބޫ

    ހައްޔަރު ނުކޮށް ސީދާ އެތަނުން ބޮލަށް ބަޑިޖެހިނަމަ. އައިއެސް ޖަމާއަތުގެ މީހުންނާއި އަދިވެސް ކުށެއްނެތް މީހުން މެރުމަށް ތާއީދުކުރާ ކާފަރު ޖަމާއަތްތަށް ބަލިކަށި ކުރައްވާނދޭވެ. އާމީން

    14
    4
    • ގެންޑާ

      ޙަރަމްފުޅުގައި ލޭއޮހޮރުވުން ޙަރާމްކުރައްވާފައިވޭ...

      10
  4. ާސެޔަ

    ހާދަ ބޮޑު އޮޅުވާލުމެކޭތިއީ... އެތަނަށް ވެއްދި .. ޝިއައީ. އަކާއި ދެކޮޅަށް އޭނަ އަޑު އުފުލީ

    5
    2
  5. .....

    ދުޢާކުރަން ކީއްކުރާ ވަޅިއެއްބާ...އަދި ހިޔެއްނުވޭ ހަރަމްފުޅަށް ވަޅިއެއް ހިފައިގެން މުސްލިމަކު ދުޢާކުރަން ވަދެ ދާނެކަމަކަށް...

    8
    1