ސްޕެއިންގެ ދެކުނުން އޮންނަ ބްރިޓިޝް ޓެރިޓަރީ ގިބްރަލްޓަރގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދަށް ވެފައި، ހުރިހާ ބޮޑެތި މީހުން ތިބީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހައިގެންނެވެ. މިއަހަރުގެ އިރުވައި މޫސުމުގެ ޗުއްޓީ ހޭދަކޮށްލަން ދިއުމަށް ހަމަ އެންމެ ހިތްފަސޭހަ މަންޒިލަކަށް ގިބްރަލްޓަރ ވެގެން ދާނެއެވެ.

ރެސްޓޯރެންޓްތަކާއި، ބާ ތަކުގެ އިތުރުން އެހެނިހެން ފަތުރުވެރިންނަށް ކަމުދާނެ ހިތްފަސޭހަ މާހައުލުތަކަށް ވަދެވޭނެހެން ވަނީ ހުޅުވާލައިފައެވެ. އެހެން ނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ގިނަ މީހުން އެއްވެ އުޅޭ ތަންތަނުގައި މާސްކު އެޅުމާއި ގައިދުރުކަމަށް ސަމާލުކަން ދިނުމަށް ވަނީ އަންގާފައެވެ.

ގިބްރަލްޓަރއަކީ އެންމެ ފުރަތަމަ މެދު އުމުރު ފުރައިގެ އެންމެން ވެކްސިން ފުރިހަމަކުރި ތަނަކަށް ވަނީ ވެފައެވެ. އެތަނުގެ 90 އިންސައްތައަށް ވުރެ ގިނަ މީހުން ކޮވިޑް ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، ވަރަށް އަވަހަަށް ދެވަނަ ޑޯޒް ޖަހަން ފަށާނެ ކަމަށް މީޑީއާ ރިޕޯޓުތައް ބުނެއެވެ. ނަތީޖާ އެއްގެ ގޮތުން ޔޫރަޕުގެ ގިނަ ގައުމުތަކުގައި ކޮރޯނާ ވައިރަހުގެ ވޭދަނަތައް ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު ގިބްރަލްޓަރމި އަންނަނީ މިނިވަަން ވަމުންނެވެ.

ލޭންޑް މާކް ހިލަ

ގިބްރަލްޓަރގެ ކެފޭތައް ހުޅުވުމާއި ބެހޭގޮތުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކެފޭއެއްގެ ވެރިއަކު ބުނެފައިވަނީ ތިން މަސް ދުވަހުގެ ފުރަބަންދުގައި މީހުން ނުތަނަވަސް ވެފައި ވީ ނަމަވެސް، މިހާރު މީހުން މަގުތަކަށް ނުކުމެ، އެހެން އެއްވެސް ގައުމެއްގައި އިހުސާސް ނުކުރާހާ ރައްކާތެރި، މިނިވަން މާހައުލެއްގެ ހިތްގައިމުކަން އިހުސާސް ކުރަމުން ދާ ކަމަށެވެ.

ގިބްރަލްޓަރއަކީ ގިނަ ބަޔަކު ޗުއްޓީ ހޭދަ ކޮށްލުމަށް ގޮސް އުޅޭ ތަނެކެވެ. އެތަނުގެ ލޭންޑް މާކްގެ ގޮތުގައި އިންނަ ބޮޑު ހިލަ އާއި، ބިންގަރާސް ތަކަކީ އެތަނަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި މަގްބޫލު ތަންތަންކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު