ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ލަންކާއިން އިއްޔެ ފައްސިވީ މީހުންގެ އަދަދު އަނެއްކާވެސް ރެކޯޑް މިންވަރަކަށް އަރައިފިއެވެ. މިއީ ލަންކާއިން ފައްސިވީ މީހުންގެ އަދަދު ޖެހިޖެހިގެން ރެކޯޑް މިންވަރަކަށް އެރި އަށްވަނަ ދުވަހެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނި ލަންކާއިން އިތުރު 1,923 މީހަކު ފައްސިވިކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިއާއެކު އެޤައުމުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 113,676 އަށް އަރާފައެވެ.
ކޮވިޑް-19 ގައި ލަންކާގެ ހާލަތު ފަހަކަށް އައިސް އިންތިހާއަށް ގޯސްވަމުން އަންނަނީ، އެޤައުމުގައި ބަލި ފެތުރޭތީ އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއި ދީފައިވަނިކޮށެވެ. ނަމަވެސް ހާލަތު އިތުރަށް ނުރައްކާ ވުމުން މިހާރު އެޤައުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަނެއްކާވެސް ވަނީ އަޅަން ފަށާފައެވެ.
ލަންކާ އިން ކޮވިޑަށް މިހާރު ގިނަ ބަޔަކު ފައްސިވަމުން އަންނަނީ ލަންކާގައި ކޮންމެ އޭޕްރީލް މަހެއްގެ 14 ވަނަ ދުވަހު ފާހަގަ ކުރާ އެގައުމުގެ ސަގާފީ އަހަރު ފެށުން ފާހަގަ ކުރުމުގެ ދީނީ އެއްވުމެއްގެ ސަބަބުންނެވެ. މިހާރު ކޮވިޑަށް ފައްސިވަމުންދާ ގިނަ މީހުން ނިސްބަތްވަނީ ވެސް "އާހަރުގެ އިހަލަށް" ކަމަށް ލަންކާ ސަރުކާރުން ބުނެއެވެ.
ލަންކާއިން ކޮވިޑް-19 ޖެހިގެން އިއްޔެ މީހަކު މަރުވިކަމަށް ރެކޯޑް ކުރެވިފައެއް ނުވެއެވެ. ނަމަވެސް މިހާތަނަށް އެޤައުމުން މި ބަލީގައި ޖުމްލަ 696 މީހަކު މަރުވެފައި ވެއެވެ.
ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު ލަންކާއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 98,209 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު އެޤައުމުގައި ފަރުވާދެމުން ދަނީ 14,771 މީހަކަށެވެ. މީގެ ތެރެއިން ގިނަ ބަޔަކަށް ސީރިއަސް ހާލުގައި އާއި އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނާތީ ލަންކާގައި މިހާރު ވަނީ ހަރުކަށި އުސޫލުތަކެއް ޤާއިމްކޮށްފައެވެ. އެގޮތުން ސްކޫލްތައް ވަނީ ވަކި މުއްދަތެއް ނެތް ގޮތައް ބަންދުކޮށްފައެވެ. އަދި ޕާޓީތަކާއި ހަފްލާތައް އަމިއްލަ ގޭގައި ބޭއްވުން ވެސް ވަނީ މަނާ ކޮށްފައެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވާ މީހުން ލަންކާ އިން ދަނީ ހައްޔަރު ވެސް ކުރަމުންނެވެ.
ލަންކާ ގައިތިބި ދިވެހިންނަާް ވެކްސިން ޖެހޭނެ ގޮތެއް ހައްދަވައި ދެއްވާތޯ ދިވެހި ސަރުކާރުގައި އާދޭސް ދަންނަވަން.
ތިއީ ވަރަށް ރަނގަޅު ވާހަކައެއް. ދިވެހިރާއްޖެގައި އުޅޭ ވަކިނަސްލެއް ތަފާތުކުރުމެއްނެތި ވެކްސިންދޭފަދައިން ލަންކާގައި އުޅޭ ދިވެހިންނަށްވެސް ވެކްސިން ދެވޭނެގޮތެއް އިންތިޒާމްކޮށްދެއްވުމަށް އާދޭސްދަންނަވަން.
ބޮޑު ވަޒީރު ކައިރީ ތިވާހަކަ ބުނަން ޖެހޭނީި