ޕާކިސްތާން ސަރުކާރުން އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ބޭނުން ކުރަން އުޅޭ ކަމަށް އެ ގައުމުގެ އިދިކޮޅު އެންމެ ބޮޑު ޕާޓީން ތުހުމަތުކޮށްފިއެވެ.

ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލްއެން) ގެ ސެކްރެޓަރީ ޖެނެރަލް އަހުސަން އިގްބާލް ވަނީ ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާންގެ ޕާޓީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އިގްބާލް ވިދާޅުވެފައިވަނީ ޕާކިސްތާން ތެހްރީކް އެ އިންސާފް (ޕީޓީއައި) އިން ބޭނުންވަނީ އިލެކްޓްރޮނިކް ވޯޓިންގްއެއް ކުރިޔަށް ގެންދަން ކަމަށެވެ. މިގޮތަށް ފާޑުކިޔުމުގެ ބަސްތައް އަމާޒު ކޮށްފައިވަނީ ތަކުރާރުކޮށް އިންތިހާބުތަކުން ބަލިވެފައިވާތީއެވެ.

އިގްބާލް ވިދާޅުވީ އިލެކްޓްރޮނިކް ވޯޓިންގް ސިސްޓަމް އަކީ ޕީޓީއައި އިން އިންތިހާބާ ދިމާކޮށް ޖައްސާ ސްޓަންޓެއް ކަމަށެވެ. އެއީ އެ ޕާޓީއިން ކުޅެން އުޅޭ ޑްރާމާއެއް ކަމަށާއި، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އިލެކްޓްރޮނިކް ވޯޓިންގް އަކަށް ދާން ޕީޓީއައި އިން ވިސްނާފައި ނުވާ ކަމަށް އޭނާ ބުންޏެވެ. ބައިޕޯލް އިލެކްޝަނުން ކާމިޔާބު ނުލިބުމާއެކު ކުއްލިއަަކަށް އިލެކްޓްރޮނިކް ވޯޓިންގް އާއި ދިމާލަށް ޕީޓީއައިގެ ޝައުގުވެރިކަން އެނބުރިއްޖެ ކަމަށް އިގްބާލް ވިދާޅުވިއެވެ.

"ކަރާޗީ ބައި-އިލެކްޝަނުން އަންގައިދެނީ ސިންދުގައި ކާމިޔާބު ސިޔާސީ ޕާޓީ އަކީ ޕީއެމްއެލް-އެން ކަން. ކަރާޗީގެ ރައްޔިތުން ތިބީ ޕީއެމްއެލް-އެން އާއި އެކު" އިގްބާލް ވިދާޅުވިއެވެ.

ޕާކިސްތާނު ބޮޑުވަޒީރަށް އިދިކޮޅު ފަރާތްތަކުން ފާޑުު ކިޔައި ބުނެފައިވަނީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި، މިހާރު ވެސް މަންޒަރު ފެނިގެންދަނީ ގައުމު ހިންގުމުގެ ބަދަލުގައި ބޮޑުވަޒީރު ޕިކްނިކް ގޮސް އުޅުއްވާ މަންޒަރު ކަމަށެވެ.

ކަރާޗީގެ އިންތިހާބުގައި އެންމެ މަތިން ވޯޓު ލިބިފައިވަނީ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގެ މެމްބަރަށެވެ.

ކިޔުންތެރިންގެ ހިޔާލު