ކޮވިޑް-19 ރެކޯޑް މިންވަަރަކަށް ފެތުރެން ފެެށުުމާއެކު މިހާތަަނަށް އިންޑިއާގެ 11 ސްޓޭޓެއް ފުރަބަންދުކޮށްފިއެވެ.

އިންޑިއާގައި ފަހަކަށް އައިސް ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ހަތަރު ލައްކަ އަށް ވުރެ މައްޗަށް އަރައިފައެވެ. އަދި މި ބަލީގައި މަރުވާ މީހުންގެ އަދަދުތައް ވެސް އާދަޔާ ހިލާފަށް ވަނީ އިތުރުވެފައެވެ.

އެ ގައުމުގައި ކޮވިޑް ފެތުރުން އިންތިހާއަަށް އިތުރުވާން ފެށުމުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން 11 ސްޓޭޓެއް ވަަނީ ފުރަބަންދު ކޮށްފައެވެ. އިންޑިއާގައި ޖުމްލަ 28 ސްޓޭޓެއް އޮވެއެވެ. ފުރަބަންދުކުރި ސްޓޭޓްތަކުގެ ތެރޭގައި ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުން އަންނަަ ސްޓޭޓްތައް ވެސް ހިމެެނެއެވެ.

ފުރަބަންދުކޮށްފައިވާ ސްޓޭޓްތަކުގެ ތެރޭގައި ހިމެނެނީ:

  1. ނިއުދިއްލީ: އެ ސްޓޭޓް ފުރަބަންދުކޮށްފައި ވަނީ އޭޕްރީލް 19 ވަނަ ދުވަހުން ފެށިގެންނެވެ. މިއަދުގެ ނިޔަލަށެވެ. ނަމަވެެސް ހާލަތަށް ބެލުމަށް ފަހު ފުރަބަންދުގެ މުއްދަތު އިތުރުކުރާނެެ ކަމަށް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވަނީ ހާމަކޮށްފައެވެ.
  2. މަހަރަސްޓްރާ: މަހަރަސްޓްރާ ފުރަބަންދުކޮށްފައި ވަނީ އޭޕްރީލް 28 ވަނަ ދުވަހުން ފެެށިގެން މިމަހުުގެ 15 ވަނަ ދުވަހުގެ ނިޔަލަށެެވެ.
  3. ވެސްޓް ބެންގާލް: އެ ސްޓޭޓުގައިވެެސް ވަނީ ކޮވިޑް ފެތުރެން ފެށުމާއި އެކު ގިނަ ރައްކާތެރިކަމުގެެ ފިޔަވަޅުތަކެއް އަޅާފައެވެ.
  4. އުއްތުރަ ޕްރަދޭޝް: އެ ސްޓޭޓް ވަނީ މިއަދުގެ ނިޔަލަށް ފުރަބަންދުކޮށްފައެވެ.
  5. ހެރިޔާނާ: އެ ސްޓޭޓް ވަނީ 7 ދުުވަހުގެ މުއްދަތަށް ފުރަބަންދުކޮށްފައެވެ. ފުރަބަންދުގެ މުއްދަތު ހަމަވާނީ މިއަދެވެ.
  6. ބިހާރް: ބިހާރު ފުރަބަންދުކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ބިހާރުގެ ޗީފް މިނިސްޓަރ ނިތީޝް ކުމާރު ވަނީ އެ ސްޓޭޓް ރޭގަނޑު 21:00 އިން ފަތިހު 5:00 އަަށް ފުރަބަންދުކުރުމަށް ނިންމާފައެވެ.
  7. އޮޑިޝާ: އެ ސްޓޭޓު 14 ދުވަހަށް ފުރަބަންދުކުރުމަށް ސަރުކަރުން ވަނީ ނިންމަފައެވެ. އޮޑިޝާގެ ފުރަބަންދުގެ މުއްދަތު ހަމަވާނީ މިމަހުގެ 19 ވަނަަ ދުވަހުއެވެ.
  8. ޖަރްހަންދު: މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ސްޓޭޓް ވަނީ ފުރަބަަންދުކޮށްފައެވެ.
  9. މަދިޔާ ޕްރަދޭޝް: އެ ސްޓޭޓުގައި ވަނީ މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ކާފިއު އިއުލާންކޮށްފައެވެ. މިހާރު އަންނަނީ އެ ސްޓޭޓުގައި އިތުރު ދެެ ދުވަސް ކާފިއު އިއުލާންކުރުމަށް މަޝްވަރާކުރަމުންނެވެ.
  10. ހިމަޗަލް ޕްރަދޭޝް: އެ ސްޓޭޓު ފުރަބަންދުކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ސްޓޭޓުގައި ފުރަބަންދުގެ އިތުރުން އިރުއޮއްސި 6 އިން 10:00 އަށް އަންނަނީ ކާފިއު އިއުލާންކުރަމުންނެވެ.
  11. އަންދްރަ ޕްރަދޭޝް: އަންދްރަ ޕްރަދޭޝް ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ފުރަބަންދުކޮށްފައެވެ. އެ ސްޓޭޓުގައިވެސް އަންނަނީ މެންްދުރު 12 އިންް އިރު އޮއްސި 6 އަށް ކާފިއު އިއުލާންކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު