ދުނިޔޭގެ އެކި ގައުމުތަކަށް އެންމެ އަވަހަށް ވެސް ކޮވިޑް-19 ވެކްސިން އެކްސްޕޯޓް ކުރެވޭނީ މި އަހަރުގެ ފަހުކޮޅުގައި ކަމަށް އިންޑިއާގައި ވެކްސިން އުފައްދަމުން އަންނަ އެންމެ ބޮޑު ކުންފުނި، ސީރަމް އިންސްޓިޓިއުޓް އިން ހާމަކޮށްފިއެވެ.
ސީރަމް އިންސްޓިޓިއުޓުން ގިނަ އަދަދެއްގެ ކޮވިޝީލްޑް ވެކްސިން އުފައްދާ، ދުނިޔޭގެ ގިނަ ގައުމުތަަކަކަށް އެކްސްޕޯޓު ކޮށްފައިވެއެވެ. އިންޑިއާއިން ވެކްސިން އެކްސްޕޯޓު ކުރުން މެދު ކަނޑާލާފައި ވަނީ އެ ގައުމަށް އެރި ނުރައްކާތެރި ކޮވިޑު ރާޅާއެކު، ވޭދަނަތައް އިތުރުވާން ފެށުމުންނެވެ.
ނަމަވެސް އޭގެ ކުރިން، އެ ގައުމުން 66 މިލިއަނަށް ވުރެ ގިނަ ޑޯޒު އެހެން ގައުމުތަކަށް ފޯރުކޮށް ދީފައިވާއިރު، އޭގެ ތެރޭގައި ވިއްކި ޑޯޒުތަކާއި ހިލޭ އެހީގެ ގޮތުގައިވެސް ގިނަ ޑޯޒުތަކެއް ބަހާފައި ވެއެވެ.
އިންޑިއާގެ ވެކްސިން ސަޕްލައި ދަށްވުމާ ގުޅިގެން އދ އިން މިދިޔަ ހޯމަ ދުވަހު ބުނެފައިވަނީ ވެކްސިން ޖަހާފައި ބާކީ ހުންނަ ވެކްސިންތައް މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތަކަށް ހަދިޔާ ކުރުމަށް ގޮވާލާ ކަމށެވެ.
ސީރަމް އިންސްޓިޓިއުޓްގެ ޗީފް އެގްޒެކެޓިވް ވިދާޅުވީ ވޭތުވެދިޔަ ދެ ތިން ދުވަހުގެ ތެރޭގައި އިންޑިއާއިން ވެކްސިން އެކްސްޕޯޓު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ފަށާފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ ވެކްސިން ފޯރުކޮށް ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އިންޑިއާ އަށް ކަމަށެވެ. އިންޑިއާއަށް ވެކްސިން ފޯރު ކޮށްދިނުން ލަސް ވެއްޖެެނަމަ، ކޮވިޑުން ދިފާއުވުމަށް ހުރިހާ ގައުމަކުން ކުރަމުން އަންނަ މަސައްކަތަށް ހުރަސް އެޅިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ކޮވިޑު ވެކްސިންގެ އެކްސްޕޯޓާ ގުޅިގެން އިންޑިއާ ސަރުކާރުން ވަކި ގޮތެއް ނިންމައި، ރަސްމީކޮށް އެއްވެސް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.
ސުރުޚީއާ އަސްލު ބުނަން ޖެހޭ އެއްޗަކާ ދިމާ ނުވޭ
މީ ހަމަ މި ސަރުކާރުން ދިވެހި ނިކަމެތި ރައްޔިތުންނަށް ދިން ވަރަށް ބޮޑު އަނިޔާއެއް، އެއްޑޯޒް ޖަހައިގެން ތިބި އެތައް ބައިވަރު ދިވެހިންނެއް އެ ތިބީ ވެކްސިންގ ހުސްވެ 2 ވަނަ ޑޯޒް ނުޖެހިފައި، ދިވެހި ރައްޔިތުންނަށް 2 ވަނަ ޑޯޒް ދިނުމަށްހުރި ވެކްސިންތައް ބަނގުލަދޭޝީންނަށް 2 ޑޯޒްދީ މިވަނީ ހުސްކޮށްކޮށްލާފައި،
އަބަދުވެސް ފުރަތަމަ ޑޯޒް ދެވޭ އެންމެންނަށް 2ވަނަ ޑޯޒް ދެވޭ ވަރަށް ރިޒާވްގަ ވެކްސިންގ ބަހައްޓައިގެން ބަނގްލަދޭޝީންނަށް ވެކްސިންގ ދެމުން ގެންދިޔަ ނަމަ މިހެންނުވީސް، މިއީ އޭރުގަވެސް ދިވެހި އެތައް ރައްޔިތުންނެއް ދައްކަމުންދިޔަ ވާހަކައެއް،
ވެކްސިންގ ލިބޭނެކަމަށް ބަލާފަ ހުސް ފުރަތަމަ ޑޯޒް ޖަހާ ހުސްކުރާކަށް ނުޖެހޭނެ، ވަގުތާ ޙަލަތަށްވެސް ވިސްނަންޖެހޭނެ، އެއްޗެއްވިސްނޭ އަދި ކަމެއްކުރަން އެނގޭ ހަމަ އެކަކުވެސް މިސަރުކާރުގަ ނެތް، ބޭރު ޤައުމުތައް ރުއްސަންވެގެން މިސަރުކާރުން ކުރާ ކަންތައްތަކުން
ހުރިހާ ދެރައެއް، ހުރިހާ ވޭނެއް ހުރިހާ ނިކަމެތިކަމެއް މި ލިބެނީ ދިވެހި ނިކަމެތި ރައްޔިތުންނަށް،
ހުރިހިތާމައެއްގެ ބޮޑުކަމާ،
ޢާންމު ރައްޔިތުންނަށް ނޭނގުނަސް ރާއްޖެއަކީ ބަންގްލަދޭޝްް މީހުންގެ ހިއްސާ އޮތްތަނެއް،ވެކްސިން ކީއްކުރަން ދުވަސްކޮޅަކުން އެމީހުންނަށް ގޯތިވެސް ދޭނެ!ރާއްޖޭގެ ޖަލުގެ އާބާދީގެ 25% މީހުންނަކީވެސް ބޮންދުން،ޖަލުގަ އެމީހުން އުޅެނީ މިނިވަން މާހައުލުގަވެސް. ނޫޅޭހާ އަރާމާއި އުފަލުގަ،ޖަލަށް އަންނަތަނުން ވަޒީފާލިބޭ،ކެއުމާއި ބުއިމާއި،ނިދާނެތަނާއި ފެންވަރާނެ ސާމާން ލިބޭ.ނުވީތާކަށް ޖަލުތެރޭގަ އެކިކަހަލަ ވަގުވިޔަފާރި(މަސްތުވާތަކެތި ޖަލަށްވެއްދުން މަނާތަކެތީގެ) ހިންގައިގެން އެތައް މަންފާތަކެއް ހޯދާ،ސަރުކާރުތަކަށް މިކަންއެނގޭ،ރައްޔިތުންނަަށް މިކަން އެނގޭ ދެންއިތުރަށް ކާކަށް ކޯޗެއް އިތުރަށް އެނގެންވީ...؟އިތުރު މަޢުލޫމާތު "ދިގައިދީ" ޓުއިޓަރ އެކައުންޓުން
ކޮންމެވެސް ދުވަހަކުން ވެރިންނަށް ދައުވާކުރަން ތައްޔަރުވޭ.. 2024 ގަ ވެދާނެ. ސަބަބު ވެކްސިން ޖަހުވާފަ ދެވަނަ ޑޮޒް ނުލިބުން ވެފާވާ އިހުމާލު. ޑައުވާކުރެވޭނެ މިކަމުގާ.. ވަރަސް ބޮޑު ގެއްލުމެއް ބުނި ވާހަކަ ޑިމާނުވުން. ރައްއިޔުންނަށް ކޯޓަސް ދެވޭނެ.. ހަމަޔައް ނުބަހައްޓާ ޖެހުމުގެ އިހުމާލު ވަނީ ވެފަ