ބޮޑުމިނުގައި 1،667 ސްކެއާ މޭލު ހުންނަ ގަނޑު ފެންގަނޑެއް އެންޓާޓިކާއިން ކަނޑައިގެން މޫދަށް ވެއްޓިއްޖެއެވެ.

ޔޫރަޕިއަން ސްޕޭސް އެޖެންސީ އިން ބުނާ ގޮތުގައި މިއީ މިހާތަނަށް އެންޓާޓިކާ އިން ހަލާކުވެގެން ވެއްޓުނު އެންމެ ބޮޑު ގަނޑު ފެންގަނޑެވެ.

އެންޓާޓިކާ އިން ފާއިތުވި ގަރުނެއްހާ ދުވަހު އެކި ފަހަރުމަތިން ގަނޑު ފެންތައް ހަލާކުވެގެން އެންޓާޓިކާއިން ވަކިވެގެން ދާއިރު މިފަހަރު ވެއްޓުނު ގަނޑު ފެންގަނޑު މަޖޯކާ (ގައުމެއް) އަށް ވުރެ ބޮޑުކަމަށް ޔޫރަޕިއަން ސްޕޭސް އެޖެންސީ އިން ބުނެއެވެ.

މިފަހަރު ހަލާވެގެން އެންޓާޓިކާ އިން މޫދަށް ވެއްޓުނު ގަނޑު ފެންގަނޑުގެ ބޮޑުމިނުގައި 1،667 ސްކެއާ މޭލު ހުރެއެވެ. މި ގަނޑުފެންގަނޑުގެ ދިގުމިނުގައި 105 މޭލު އަދި ފުޅާމިނުގައި 15 މޭލު ހުރެއެވެ.

ބްރިޓިޝް އެންޓާކްޓިކް ސާވޭގެ ތަޖުރިބާކާރަކު ވިދާޅުވީ މިފަހަރު އެންޓާޓިކާ އިން ހަލާކުވެގެން މޫދަށް ވެއްޓުނު ގަނޑު ފެންގަނޑަކީ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ހަލާކުވި އެއްޗެއް ނޫން ކަމަށެވެ. މި ގަނޑު ފެންގަނޑު ހަލާކުވާނެކަން ކުރިން ވެސް އެނގޭކަމަށް އޭނާ ވަނީ ބުނެފައެވެ.

މޫސުމަށް އަންނަ ބަދާލާ ގުޅިގެން އެންޓާޓިކާގައި ހުންނަ ގަނޑު ފެންގަނޑުތައް ވިރިގެން ހަލާކުވެގެން ދެއެވެ. މިއީ ދުނިޔެއިން ޖައްވުގެ ތެރެއަށް ފޮނުވާ ވިހަ ގޭސްތަކުގެ ސަބަބުން އޯޒޯން ފަށަލަ ހަލާކުވެ އިރުގެ ދޯދިތައް ދުނިޔެއަށް އެޅޭ މިންވަރު އިތުރުވާތީ ވާ ކަމެކެވެ. ގަނޑުފެންތައް މިގޮތަށް ވިރި ހުސްވާން ފެށުމުން ކަނޑުގެ ލޮނުގަނޑު އުސްވެ ރާއްޖެ ފަދަ ގައުމުތަކަށް ނުރައްކަލަކަށްވެސް މިކަން ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަބޫދަމަންކީ

  ސައިންސުވެރިން މި ކަން މާ މޮޅު ކަމަ ކަށް ހަދައިން އުޅުނަސް އަހަރުމެން މުސްލިމުން މި ކަމާ ހައިރާނެއް ނުވޭ. ސަބަބަ ކީ މި ކަމަ ކީ މީގެ ސާދަސްތޭ ކަ އަހަރު ކުރިންސުރެ އަހަރުންނަށް އެނގޭ ކަން ކަން

  19
  2
  • އެންމެ އިނގޭ

   ކަލޭ ނާސާ އައް ދާންވީނޫން، ހާދަ ޒަމާނަކު ދުނިޔޭގަ ތިއުޅުނީ، 1400 ޢަހަރު ކުރިން ވީމަ. ގަދަ ގޮލައެއް ތީ..

   1
   7
 2. ހުތްބެ

  ހާދަ އުފާވެރި ހަބަރެކޭ