އަވައްޓެރި އިންޑިޔާއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޢަދަދު މިއަދު ތިންލައްކަ އަށް އަރައިފި އެވެ.

2020 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން އިންޑިޔާއިން ކޮވިޑް ޖެހިގެން މީހުން މަރުވަމުންދެ އެވެ. ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ޢަދަދު ތިންލައްކައިން މައްޗަށް ދެން އަރާފައިވާ ޤައުމުތަކަކީ އެމެރިކާ އާއި ބްރެޒިލް އެވެ.

އިންޑިޔާއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޢަދަދު 3,00,312 އަށް އިއްޔެ ވަނީ އަރާފަ އެވެ. އެމެރިކާއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޢަދަދު ހަލައްކައިގައި އުޅޭއިރު ބްރެޒިލް އިން މަރުވި މީހުންގެ ޢަދަދު އުޅެނީ 4.48 ލައްކައިގަ އެވެ.

އިންޑިޔާ، ފްރާންސް، އަދި ބްރެޒިލް ފިޔަވައި ކޮވިޑް ޖެހިގެން ދެން އެންމެ ގިނައިން މީހުން މަރުވެފައިވާ ޤައުމުތަކަކީ މެކްސިކޯ، ޔޫކޭ، އިޓަލީ، ރަޝިޔާ އަދި ފްރާންސް އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އިންޑިޔާގެ އެތައް ލައްކަ ރައްޔިތުން މަރުވެފައިވާއިރު އެޤައުމަށް އެރި ކޮވިޑްގެ ދެވަނަ ރާޅާއިއެކު ގައުމުގެ ސިއްހީ ނިޒާމުގެ މަސައްކަތައް ބުރޫއަރައި މުޅި ގައުމު ވަނީ ހުއްޓުމަކަށް ގެނެސްފައެވެ.

އިންޑިޔާއަށް އެރި ކޮވިޑް-19 ގެ ދެވަނަ ރާޅުގައި ބަލިވާ ފަރާތްތަކަށް ފަރުވާނުދެވި މަރުވާ މައްސަލަ އިންތިހާ ދަރަޖައަށް ފެންމަތިވި އެވެ. އެޤައުމުގެ ގިނަ ސްޓޭޓްތަކުގެ ހުރިހާ ހޮސްޕިޓަލެއްހެން ފުރި ވެންޓިލޭޓަރަށާއި އޮކްސިޖަނަށް އިންޑިޔާ ޖެހުނެވެ. އިންޑިޔާގެ ގިނަ ހޮސްޕިޓަލްތައް ކޮވިޑްގެ ބަލިމީހުންނާއި އެކު ފުރާލާފައި އޮތްއިރު މަރުވާ މީހުން އެންދުމަށް ވެސް ދަތިތަކެއް އެޤައުމުގައި ކުރިމަތި ވިއެވެ.

އަދިވެސް އިންޑިޔާގެ ހާލަތު ރަނގަޅެއް ނުވެއެވެ. މިހާރު ވެސް އިންޑިއާ އިން ދުވާލަކު ދެލައްކައަށްވުރެ ގިނަ މީހުން އަންނަނީ ކޮވިޑަށް ފައްސިވަމުންނެވެ.

އިންޑިޔާ ގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ވެކްސިން ދިނުމަށް މިހާރު ގައުމީ ބޮޑު ކެމްޕޭނެއް ކުރިއަށް އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހޯހޯ

    އިންޑިޔާ އިން މިލިއަނުން މީހުން މަރުވެއްޖެ ސިއްރު ކުރަނީ

  2. ނުބައި

    އިންޑިއާގަ މަރުވާ އަދަދުތައް ކިޔާ އަދަދަތުކަށްވުރެ ދެގުނަ މަތި. ކޮންޓްރޯލުން ނައްޓައިގެން އުޅޭކަން ފޮރުވަން އެމީހުން އުޅުނަސް އެކަން ނުފޮރުވޭނެ. ސެޓެލައިޓްތަކަށް އަރާވަރަށް ގަބުރުތައް ފެންނަމުންދަނީ.