މެދުއިރުމަތީގައި ޗައިނާ އާއި ރަޝިއާގެ ނުފޫޒު އިތުރުކުރުމަށް ދެ ގައުމުން ވެސް މަސައްކަތް ކުރާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާއިން މިހެން ބުނެފައިވަނީ މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ހަރަކާތްތަށް މަދުކުރުމުން ދެ ގައުމުގެ ނުފޫޒު އެ ސަރަަހައްދަށް ފޯރުވާނެ ކަމަށް ލަފާކޮށްފައެވެ.

އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް އެމެރިކާއިން ދަނީ ކުރަމުންނެވެ. އޭގެ އިތުރުން އިރާގާއި ސީރިޔާ އާއި ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިންގެ އަދަދާއި ހާލަތާ ގުޅޭގޮތުން އެގައުމުގައި ދަނީ މަޝްވަރާ ކުރަމުންނެވެ. އެމެރިކާއިން ވަނީ ޔަމަނުގައި ހަރަކާތްތެރި ވަމުންދާ ހޫތީންނާ ދެކޮޅަަށް ސައުދި އަރަބިއާއިން ގާއިމު ކޮށްފައިވާ މިލިޓަރީ ބޭސްއަށް އަސްކަރީ އެހީތެރިކަން ދިނުން ވެސް ހުއްޓާލައިފައެވެ.

މެދުއިރުމައްޗަކީ ދުނިޔޭގެ ބާރުތަކުގެ މެދުގައި ވާދަވެރިކަން ވަރަށް ބޮޑު ސަރަޙައްދަކަށް ވާތީ މި ދަނޑިވަޅުގެ ބޭނުން ހިފައި ޗައިނާ އާއި ރަޝިޔާއިން އެ ސަރަހައްދުގައި ނުފޫޒު އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް އެމެރިކާގެ ފައުޖުތަކުގެ އިސްވެރިއެއް ކަމަށްވާ މެރިން ޖެނެރަލް ފުރެންކް މެކެންޒީ ވިދާޅުވިއެވެ. އެގޮތުން، ހަތިޔާރު ވިއްކައިގެން ދެ ގައުމުން ވެސް ފައިދާ ނަގަން މަސައްކަތް ކޮށްފާނެ ކަމަށް ވިދާޅުވިއެވެ.

އެމެރިކާގެ އަސްކަރީ ފައުޖުތައް މެދުއިރުމަތިން ދުރަށް ޖެހިލުމާއެކު، އެކަމުގެ ފައިދާ ރަޝިއާ އާއި ޗައިނާއަށް ލިބޭނެ ކަމަށް ދެގައުމުން ވެސް އުންމީދުކުރާ ކަމަށް މެކެންޒީ ވިދާޅުވިއެވެ.

ރަޝިއާއަކީ އެގައުމުގެ ވައިގެ ނިޒާމް ކޮންމެ ގައުމަކަށް ވެސް ވިއްކަފާނެ ގައުމަކަށް ވާއިރު، ޗައިނާ އަކީ އެގައުމުގެ އިގްތިސާދީ ބާރުތައް ފުޅާކުރަން ބޭނުންވާ ގައުމެއް ކަމުގައި މެކެންޒީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ސައްޓި

  ދެންކޮބައިތޯމައްސަލައަކީ ؟

  11
  1
 2. ޗައިޝިޔާ

  ކަލޭމެން އެކަނި މިހުރިހާ ދުވަހު ފައިދާ ނެގީ. ދެން ކޮބާ މައްސަލައަކީ؟

 3. ޒަމީރު

  މެދު އިރުމަތި މެދު އިރުމަތި
  މި ހުރިހާ ކާފަރު ގައުމުތަކުން މެދުއިރުމަތި ފޮތި ޖަހައި ފަޅައިގެން ކާލަން ވެއްޖެއެއްނު.
  އޭ ތަނާ ވެގެން އެންމެން، އެތަނުގެ ރައްޔިތުން އަމާންކަމާއެކު އުޅުނަ ދީބަލަ

  2
  1