އިސްރާއީލުން ވައިގެ މަގުން ޣައްޒާ ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

މިއަދު ދިން ހަމަލާތަކާއި ގުޅޭ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެ ހަމަލާތައް ދިނީ ހަމާސް ޖަމާއަތުގެ ތަންތަނަށް ކަމަށެވެ.

އިސްރާއީލުގެ ސިފައިން ބުނެފައިވަނީ ފަލަސްތީނުން "ގޮވާތަކެތި ހަރުކޮށްފައިވާ މަޑި އާއި ފުއްޕާހަން" އިސްރާއީލަށް ފޮނުވާފައިވާ ކަމަށާއި ގާޒާއަށް ހަމަލާ ދިނީ އެހެންވެ ކަމަށެވެ. މިއީ ނިރުބަވެރި އަމަލެއް ކަމަށް އިސްރާއީލުން ވަނީ ސިފަކޮށްފައެވެ.

އަދި އެކަމުގެ ސަބަބުން އިސްރާއީލުގެ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދުނު ކަމަށާއި ގޮވާތަކެތި ހަރުކޮށްފައި ހުރި މަޑި އާއި ފުއްޕާ ހަމުން އިޒްރާއީލަށް ގެއްލުންވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ފަލަސްތީނުގެ އާންމުން ދަނީ ކުދި ގޮވާތަކެތި ހަރުކޮަށްފައިވާ މަޑި އާއި ފުއްޕާހަން ފަދަ ތަކެތި އިސްރާއީލަށް އަމާޒުކޮށް ފޮނުވަމުންނެވެ.

އެތަކެތީގެ ބޭނުމަކީ އިޒްރާއީލުގެ ޖަންގަލިތަކުގައި ރޯކުރުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤަސްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 145 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 13000 ވުރެން މައްޗަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުސައިން މ. މުލި

    ޔާ ﷲ އިޒުރޭލް އަވަހަށް ނެތިކުރައްވާފާނދޭވެ