ދުވަސްތަކަކަށް ފަހު އިންޑިއާގެ ވެރިވަރަށް ދިއްލީން ކޮވިޑް-19ގައި މަރުވި މީހުންގެ އަދަދު 100 އިން ދަށަށް ހިނގައްޖެ އެވެ،

އެގޮތުން އިއްުޔެ ދިއްލީން 946 މީހުން ކޮވިޑަށް ފައްސިވެފައިވާއިރު، އެ ބަލީގައި މަރުވެފައިވަނީ 78 މީހުން ކަމަށް ހެލްތް މިނިސްޓްރީން ރިޕޯޓު .ކޮށްފައިވެއެވެ

މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ސިޓީގައި 75,440 މީހުން ޓެސްޓު ކޮށްފައިވާއިރު، އޭގެ ތެރެއިން ފައްސިވެފައިވަނީ 1.25 އިންސައްތަ މީހުންނެެވެ.

މިއީ އެ ސިޓީގައި ކޮވޮޑް ބަލީގައި މަރުވި މީހުންގެ އަދަދު މަހަކަށްވުރެ ގިނަދުވަސް ވީއުއިރު 100 އަށް ވުރެ ދަށްވި ފުރަތަމަ ފަހަރެވެ.

އޭގެ ކުރިން އެ ސިޓީގައި 100 މީހުންނަށްވުރެ މަދުން މީހުން މަރުވެފައި ވަނީ އެޕްރީލް 13 ވަނަ ދުވަހުއެވެ. އެ ދުވަހު 81 މީހުން ކޮވިޑުގައި މަރުވި ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ދިއްލީގައި މިހާރު ކޮވިޑް ޖެހިފައިތިބި މީހުންގެ އަދަދަކީ 12,100އެވެ. އޭގެ ތެރެއިން 5,817 މީހުން ތިބީ ގޭގައި އެކަހެރި ވެގެންނެވެ. މިހާތަނަށް ދިއްލީއިން ކޮވިޑަށް ފައްސިވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ 14,25,592 މީހުންނެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 13,89,341 އަރާފައިވާއިރު، ބަލީގައި 24,151 މީހުން މަރުވެފައިވެއެވެ.

ކޮވިުގައި މަރުވި މީހުންގެ އަދަދު ދިއްލީއިން 100 އަށް ވުރެ ދަށްވީ ނަމަވެސް، އިންޑިއާއިން އިއްޔެ ބަލީގައި 3،128 މީހުން މަރުވެފައިވެއެވެ. އިންޑިއާއިން މިހާތަނަށް ކޮވިޑުގައި އެންމެ ގިނަ މީހުން މަރުވެފައިވާ މަހަރަޝްތްރާ ސްޓޭޓުން އިއްޔެ ބަލީގައި މަރުވެފައިވަނީ 814 މީހުންނެވެ.

ކޮވިޑުގެ ދެވަނަ ރާޅާއި އެކު އިންޑިއާގެ ސިއްހީ ނިޒާމަށް ދަތިތަކެއް ކުރިމަތިވެ، ގައުމު ނުރައްކާތެރި ހާލަތަކަށް ދިޔައެވެ. އޮކްސިޖެން އާއި ފަރުވާއަށް ބޭނުންވާ ބޭސް ނުލިބި ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވިއެވެ. އޭރު އެގައުމުން ލައްކައަކަށް ވުރެ ގިނަ މީހުން ދުވާލެއްގެ މައްޗަށް ކޮވިޑަށް ފައްސިވެ، ރިޕޯޓުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޯޓެގް

    ތިއީ ރަގަޅު އަދަދުތައް ހާމަކުރާ ބައެއް ނޫންކަން އެއޮތީ މުޅި ދުނިޔެއަށް މިހާރު ހާމަވެފަ. ކިހިނެތް ގަބޫލުކުރާނީ.