މިހާތަނަށް ދުނިޔެއިން ފެނުނު އެންމެ ބޮޑު ޑައިނަސޯ ކަށިގަނޑު އޮސްޓްރޭލިޔާ އިން ހޯދައިފި އެވެ. ސައިންސްވެރިން ބުނާގޮތުގައި މިއީ މިހާތަނަށް ދުނިޔެއިން ހޯދިފައިވާ އެންމެ ބޮޑު ޑައިނަސޯ ކަށިގަނޑެވެ.

ސައިންސްވެރިން ބުނާގޮތުގައި އޮސްޓްރޭލިޔާ އިން ފެނުނު ޑައިނަސޯ ކަށިގަނޑަކީ ގަސްގަހާގެހި ކާ ސައުރޯޕޮޑް ނަމަކަށް ކިޔާ ޑައިނޯސަރެއްގެ ކަށިތަކެކެވެ. މިވައްތަރުގެ ޑައިނޯސަރު ދުނިޔޭގައި އުޅެފައި ވަނީ މީގެ 92 ނުވަތަ 96 މިލިއަން އަހަރު ކުރިންނެވެ.

ދިރާސާތަކުންދައްކާގޮތުގައި އޮސްޓްރޭލިޔާއިން ފެނިފައިވާ ޑައިނަސޯ ދިރިއުޅެފައި ވަނީ އޮސްޓްރޭލިޔާ އާއި އެންޓާޓިކާ ގުޅިފައިވާ ދުވަސްވަރުގައި އެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މި ޑައިނަސޯގެ ފުޅާމިނުގައި 25-30 މީޓަރު އަދި އުސް މިނުގައި 5-6.5 މީޓަރު ހުންނާނެ ކަމަށް ބެލެވެއެވެ. އެއީ ދިގުމިނުގައި ބާސްކެޓްބޯޅަ ކޯޓެއްގެ ދިގުމިން އަދި ދެބުރީގެ އިމާރާތެއްގެ އުސްމިނެވެ.

އޮސްޓްރޭލިޔާ އިން ފެނުނު މި ޑައިނަސޯ ކައްޓަކީ މިހާތަނަށް އެޤައުމުން ފެނުނު އެންމެ ބޮޑު ޑައިނަސޯ ކައްޓެވެ. އަދި މިއީ ދުނިޔޭގެ އެންމެ ބޮޑު ފަސް ޑައިނަސޯ ތެރޭގައި ހިމެނޭ އެއްވައްތަރު ކަމަށް ވެއެވެ.

ޑައިނަސޯގެ ކަށިތައް ދުނިޔޭގެ އެކި ހިސާބުތަކުން ހޯދައިގެން ދުނިޔޭގެ ދާރުސް އާސާރުތަކުގައި ގިނަ ޢަދަދަކަށް ހުރިއިރު މިފަދަ ތަކެތި ސައިންސުވެރިން ހޯދާތާ އެތައް އަހަރެއް ވެދާނެ އެވެ.

ދުނިޔޭގެ ބައެއް ދާރުލްއާސާރުތަކުގައި 3ޑީ ކޮށްވެސް އެކި ވައްތަރުގެ ޑައިނަސޯ ދައްކާލަން ބަހައްޓާފައި ހުރެ އެވެ. ޑައިނަސޯއަކީ މީގެ އެތައް މިލިއަން އަހަރުތަކެއް ކުރިން ދުނިޔޭގައި އުޅެފައިވާ ތަކެތި ކަމަށް ސައިންސުގެ އެކި ހޯދުންތަކުން ހާމަވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ބޭކާރު ކަންކަމުގަ ވަގުތު ހޭދަކޮއްލުމަކީ ބޭކާރު ކަމެއް