ރާއްޖެ ހިމެނޭ ގޮތަށް އިތުރު ފަސް ޤައުމު މި ޤަރުނު ނިމުމުގެ ކުރިން އަޑިއަށް ގޮސްދާނެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.
ސައިންސްވެރިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް އަޑިއަށް ދާނެ ކަމަށް ބެލެވެނީ 2100 ވަނަ އަހަރުގެ ތެރޭގައެވެ.
ސައިންސްވެރިން މިގޮތަށް ބުނެފައި މިވަނީ ދުނިޔެ ހޫނުވުމާއި ގުޅިގެން އައިސް ފަރުބަދަތައް ވިރި ކަނޑުގެ ލޮނުގަނޑު ފާއިތުވި 100 ވަރަކަށް އަހަރުގެ ތެރޭގައި އުފުލޭ މިންވަރަށް ބަލާފައިއެވެ.
ސައިންސްވެރިން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް 60 ވަރަކަށް އަހަރުތެރޭގައި ރާއްޖެ ހިމެނޭގޮތަށް ފަސް ޤައުމެއް އަޑިޔަށް ގޮސްދާނެއެވެ. މި ޤައުމުތަކަކީ ކުދި ޖަޒީރާ ޤައުމުތަކަށް ވާއިރު މިހާރުވެސް މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު މިފަދަ ޤައުމުތަކަށް ކުރަމުންދާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
1940ގެ އަހަރުތަކުގެ ތެރޭގައި އެމެރިކާގެ ސައިންސްވެރިއެއް ކަމަށްވާ ބެނޯ ގިޓެންބާގު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލޭކަން ހީވުމުން އެކަން ޔަގީން ކުރުމަށް ސާރވޭ އެއް ހަދާފައެވެ. ފާއިތުވި 100 އަހަރު މި ސާރވޭ ކުރިއަށް ގެންގޮސްފައިވާއިރު، މިއީ ހަގީގަތެއް ކަމަށް ސައިންސްވެރިން މިއަދު ވަނީ ބުނެފައެވެ.
1990 ވަނަ އަހަރުގައި ނާސާ އިން ވެސް ވަނީ ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ކަމުގެ އިންޒާރު ދީފައެވެ.
ވޮލްޑް ބެންކް އަދި ތަފާތު އިތުރު އިންސްޓިޓިއުޝަންތަކުން ވަނީ ރާއްޖެ އަޑިއަށް ގޮސްދާނެތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޕެސިފިކް އޮޝަންގައި އޮންނަ ޕަލައު އަކީ ވެސް އަޑިއަށް ގޮސްދާނެ ކަމަށް ބެލެވޭ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ޤައުމުވެ. ޕަލައު މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި އެ ޤައުމުގެ ލޮނުގަނޑު އަހަރަކު 0.35 އިންޗިށް އުފުލެއެވެ.
ރާއްޖޭގެ އިތުރުން ފިޖީ ވެސް އަޑިއަށްށް ގޮސްދާނެ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ. ސައުތު ޕެސިފިކް އޯޝަންގައިވާ ފިޖީ އަކީ ގިނަ ގޮނޑުދޮށުތަކެއް ހިމެނޭ ރާއްޖެފަދަ ޖަޒީރާ ޤައުމެކެވެ.
ﷲ ގެ ކުޅަދުންވައްތަކަން މާފުރިހަމަ ކަން ތިޔަކަން ހާމަކުރާ މީހުން ވިސްނާލަބަ
މިިިިިިިގެ 60އަހަރު ކުރިންވެސް ތިހެން ބުނި ﷲކުޅަދުން ވަންތަ ކަން މާ ބޮޑު
ކޮން ސައިންސްވެރިންނެއްކަން ބުނެބަލަ! ތިޔަހެން ބުނެފަ ކޮންމެ މީހަކަށްވެސް އާޓިކަލްއެއް ލިޔެވިދާނެ ދޯ!
މިގައުމުގެ އިސްވެރިން ތިކަމަކާ ހާހެއް ނުވާނެ އުސް ފަރުބަދަތަކުން ގޯތި ގަނެލާފަ މިހާރު ހުރީ.
1990 އާގެ ކުރީކޮޅު ތިމީހުން ބުނި 2000 ވަނަ އަހަރު ރާއްޖެ އަޑިޔަށް ދާނެޔޭވެސް!
ރާއްޖެއަށްވުރެ ކުރިން އެމެރިކާވެސް އަޑިޔަށް ހިނގައިދާނެ..މިވެސް ވެދާނެ ކަމެއް..
އިންޑިއާގެ ސައިންސްވެރިން ގެ ރައުޔަ އެއްތޯ ؟ !!!
ތިކަން ނުވެގެން އެބައުޅޭ ފާޑެއްގެ މީހެއް މިގައުމުގަ. ބޮމުގެ ހަމަލާއެއްގަ ޒަހަމްވެގެން މީނަ ވިލާތުގަޔޯ އުޅެނީ މިހާރު
ތޯ ހުސް ބުހުތާނު. ތީގެ އަޑީގަ އޮތީ އިންޑިޔާއާއި ރާއްޖޭގެ ސަރުކާރުގަ ތިބި ބަޔެއް ލާދީނީ މީހުން. ތިޚަބަރުގެ ބޭނުމަކީ ދިވެހިން ބިރުގަންނަވައިގެން ގައުމުން ބޭރުކުރުވުން. އެއީ މި ބިމައް ވެރިވެގަތުމައް ހިންގާ ޕުރޮޕެގަންޑާ. ދުނިޔޭގެ އެތައް އެތައް ސައިންޓިފިކް ރިސާޗުން ތިވާހަކަ ވަނީ ޑީބަންކު ކޮއްފަ. މިދަނޑިވަޅުގައި މިވެރިން އުޅެނީ އަލުން އެވާހަކަ ދިރުވައިގެން ރާއްޖެ އަކީ ދެވަނަ ޗާގޯސް އައިލެންޑާސްއަށް ހަދަން.
ރާއްޖޭގެ ފަސްގަޑު ވޭތުވެދިޔަ ގަރުނު ތަކުގައި އުފެލެމުންދާވަރު ސައިންސްވެރިންނަކަށް ނޭގޭތާ .
ސަޅި ވާހަކައެއް ތީ މިދަނީ މާސްކް އަދި ފިންސް ގަންނަން
ދެން އެހެނޭ ކިޔާފަ ކަލޭމެނަށް މިތަން ދީފަ އަހަރެމެން ދާންވީ ދޯ...އެއީ ދޯ ތިކިޔާ އެއްޗަކީ އަސްލު...އެންމެ ބޮޑެތި އިންވެސްޓް މިތަނަށް ކުރަނީވެސް ތިހެން ބުނާ މީހުން... އަޑިޔަށް ދަންދެން އަހަރެމެން ބޭނޔމީ މިތާ ތިބެން....އަދި ދިވެހިން ނުކުރޭ ގަބޫލެއް އަޑިޔަށް ދާނެޔޭ ބުންޔަސް ތިބުނާ ބަޔަކު
ކުރީގެ ރައީސަކުވެސް ތިހެންކީ.
ސަ އިންސްވެރިން ސަރުކާރުގަވެސް އެބަތިބި މި އަށް އެއ އްޗެ އް އިތުރު ކޯ އްލަދީ.
الله ގެ އިރާދަފުޅު މާފުރިހަމަ އަހަރެމެން ތިބޭނެ ތަނެ އް އެ އީ ލާހު ދެނެވޮޑި ގަތުން މާމޮޅު.
ގަބޫލްކުރަންވާނެ އެމީހުން ބުނާ ގިނަ ވާހަކަ ވެފަ ހުރީ
މިހާރު ރާއްޖެ އައް ވާ ކަންކަމުން ގަބޫލް ކުރެވެ
އެއީ އުދައެރުން ބޮޑުވުމާ މޫސުމައް އައްނަ ބަދަލައްބަލާދަ
ތިކަން ރޭކަލަނީ މިއުޅޭ ސިޔާސީ ކުދިންކޮޅަށް. އެހެންވެ ޖެހެނު އެެއްޗެެއް މަޅާލަނީ. ހައެއްކަ ގެދުރޮ ބޭރުޤައުމުތަކުން ގަނެލައިގެން.
ޢެއްގޮތަކަށް ވެސް ހާސްވާނެ ކަމެއް ނެތް ރާއްޖެ ރައްތަކުގެ ގޮނޑުތަކަށް ވެކެސީން ދެޑޯޒް ފުރިހަމަ ކުރީމަ ރައްތަށް ގިރުން ހުއްޓޭނެ......
މިކަމަށް އެހީވާން ވެކްސިން ދާދާ ގޭޓްސް އެހުރީ ތައްޔާރަށް..
އަޑިޔަށް ދާނީކީ ހަމައެކަނި ރާއްޖެ ކަހަލަ ޖަޒީރާ ގައުމުތަކެއް އެކަންޏެއް ނޫން. ކަނޑުގެ ލޮނުގަނޑަށްވުރެ ބިންތިރި ބޮޑެތި ގައުމުތައް ވެސް އެބަހުރި. ކަނޑުގެ އައްސޭރިފަށް ހިމެނޭ ބޮޑެތި އެތައް ގައުމެއް އެބަހުރި. އެހެންވީމަ ސަވައިވް ވާނީ 3 ނުވަތަ 4 މީޓަރަށްވުރެ އުސްކޮށް ހުންނަ ތަންތަން.
ކަނޑުގެ ލޮނުގަނޑު އުފުލިގެން ރާއްޖެ އަޑިއަށް ދާނެކަމީ މުޅިން މުސްތަހީލު ކަމެއް. ގަނޑުފެނުގެ ފަރުބަދަތައް ވިރެނީ ހޫނުގަަދަ ވުމުގެ ސަބަބުން ކަމަށް ވާނަމަ ދުނިޔޭގެ ބިޔަ ކޯރުތައް ހިކި ހަނަފަސް ކަމާ ކުރިމަތިވާނެ. ހޫނު ގަދަވި ވަރަކަށް ކަނޑުގެ ލޮނުގަނޑުން އާއްވައް އަރައިގެންދާ ބައި ބޮޑުވެ ބައެއް ސަރަހައްދުތަކަށް ވާރޭ ވެހުން އާދަޔާ ޚިލާށް ގިނަވާނެ. އެހެންކަމުން ސައިންސްވެރިންގެ ކަލްކިއުލޭޝަން ދިމާކުރަން އުނދަގޫ. ދެން އެހެންނޫނަސް ދުނިޔޭގެ ގުދުރަތީ ނިޒާމް ރޭއްވެވި ފަރާތުގެ ކުޅަދުންވަން ގަބޫކުކުރަންޖެހޭ އެންމެބޮޑު ހަގީގަތް..
ތިޔަހެން ކިޔާފަ ރާއ އްޖެ ވި އްކާލާނީ އެ އްނޫން މިތާ އުޅޭ ސިޔާސީ މީހެއ އް ތިޔަކަމުގަ އިންޑި އާ އަށް ރާ އްޖެ ވި އްކާ ލުމުގަ އި ހޭބޯ ނާރާ
މީ ކޮން އިރެއްގަ ބުނެފައި އޮތް އެއްޗެއް ތޯ؟ ކޮބާތޯ ރެފަރެންސް އަކީ؟
ތިއީ ހަމަވުން ޥަރަށް ގާތް ކަމެއް
2009 ގަ އަންނިވެރިކަމައް އަރާފަ އިންޑިއާއިންބިމެއްހޯދާފަ ދިވެހިން އިންޑިއާ އައްބަދަލުކުރަންވެސްބުނި ތިމަންނަނުހުންނާނަމޭ ދިވެހިރައްޔިތުން ކަޑުވާތަންބަލާކައް މިހާރުތާމިއިގެނީ އޭރުއްސުރެވެސް މިކަލޭގެ ދިވެހިބިން އިންޑިއާ އައްވިއްކާލަން ރާވާފަކަން އޮތީ..
ﷲ ކަމަކަށް ،އެކަމެއް ވުމައް އަމުރު ކުރެއްވުން..އެކަމެއް ވަގުތުން ވާނެ ކަން އަހަރެމެން ގަބޫލް ކުރަމު އެވެ...ﷲސ.ވ.އ ލައްވަވާ ފައިވާ ދެކަނޑެއް ވެއެވެ
އެއްފަރާތުގަ ތާޒާފެނެވެ..އަނެއްފަރާތުގައި ލޮނުކަން ގަދަ ލޮނެވެ...އެދެކަނޑު ވަނީ ގުޅިފައެވެ..އެކަމަކު..ދެކިބަލާށެވެ ..އެއްކަނޑު އަނެއް ކަނޑުގެ މައްޗައްއަރައެއްނުގަނެއެވެެ. އެއީ:ﷲސ.ވ.އ.ގެކުޅަދުންވަންތަކަމެވެ.
ތިސަބަބަށް ވުރެމާބޮޑު ސަބަބެއް އެބައޮތް ޤައުމުނެތިދާނެ! އެއީ އިސްލާމްކަން މަތީ އޮތް ޤައުމެއް އެ އިސްލާމްކަން ދޫކޮށް ﷲ އަށް ކާފަރުވެގެންފިއްޔާ ނެތިދިއުން މާ އަވަސްވާނެ! މި ތިރި ފަސްތަކުގައި މީހުންދިރި އުޅޭތާ ތިންހާސް ފައްސަތޭކަ އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު، މިޤައުމުގެ ބަޔަކު އިސްލަސމްދީން ނެތިކޮށް ﷲ އާއި އެކަނލާގެ ރަސޫލާއަށް ފުރައްސާރަ ކުރަން ފަށައިގެން އުޅޭއިރު ޤައުމުގެ ގިނަމީހުން އެމީހުންނަށް ވާގިވެރި ވަމުންދާއިރު، ޤައުމު ނެތިދިއުމަށް ﷲ ކޮންމެފަދަ ސަބަބެއްވެސް މެދުވެރި ކުރައްވަވައިފާނެއެވެ.
ކޮންމެވެސް ވަރަކަށް ކިޔަވައިގެން ކޮމެންޓް ކުރަން ރަނގަޅު. ހަގީގަތަކީ ދުނިޔެ މިގޮތަށް ހޫނުވަމުން ދާނަމަ އެއަށްވުރެ އަވަހަށްވެސް ރާއްޖެ އަޑިއަށް ހިނގައިދާނެ. ކަލޭމެން ގަބޫލު ކުރާހިތް ނުވިޔަސް އެކަން އޮތްގޮތް
މައްސަލައެއްނެތްތާ އެވެ އަޑިއަށް ދިޔަޔަސް
މީ ދޫނި ރާއްޖޭ އެވެ އެއްމެން އަވަހަށް ގެރި ރާއްޖެއަށް ހިޖުރަ ކުރާށެވެ.އެތާގެގެ ވެރިޔަކަށް ހުއްނަވަނީ ގެރި މޯޑޭ އެވެ.
" ކަލޭމެން ތިޔަ ގައުމުން ފައިބައިގެން އާދޭ އަހަރެމެން ކައިރިއަށް. ބިން ދޭނަން! އަންނި ވެސް އަހަރެންގެ ގެ ޖަލްސާ ގެ ގޯތިން ބައެއް ގަނެފި 300 މިލިއަން ރުފިޔާ އަށް. އެހެންވީމާ ކަލޭމެންނަށް އަދި ޑިސްކައުންޓް ވެސް ލިބޭނެ އަންނި އަށް ލިބޭ ގޮތަށް"
ސައިންސް ވެ ރިންނޭ ބޯގޯސް ހަމަހިލާ ނޭގޭނެ.
ކަނޑުގެ ލޮނުގަނޑު އުފުލޭވަރަކަށް މާތްﷲގެ ކުޅެދުންވަންތަކަމުން ރައްތައް ހެދި ބޮޑު ވެސް ވެދާނެއެއްނޫންތޯ! ސައިންސް ވެރިން ބައެއް ފަހަރު މޮޔަގޮވާނެ