އެމެރިކާގެ ފެޑަރަލް ކޯޓެއްގެ ފަނޑިޔާރަކަށް ފުރަތަމަ ފަހަރަށް މުސްލިމަކު އައްޔަންކުރުމަށް ސެނެޓުން ފާސްކޮށްފިއެވެ.

ޒާހިދް ގުރައިޝީ ނަމަކަށް ކިޔާ އެމެރިކާ ޕާކިސްތާނުގެ ރައްޔިތަކަށް އެމެރިކާގެ ޑިސްޓްރިކްޓް އޮފް ނިއު ޖާޒީގެ ފެޑެރަލް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ފާސްކޮށްފައި ވަނީ 16-81 ވޯޓު ލިބިގެންނެވެ.

ގުރައިޝީ މިހާރު މަސައްކަތް ކުރަމުން ކުރަމުންދަނީ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރެއްގެ ވަޒީފައިގައެވެ.

"ގުރައިޝީ ވެގެން ދާނީ އެމެރިކާގެ ތާރީހުގައި ވެސް ފެޑެރަލް ކޯޓުގެ ފަނޑިޔާރެއްގެގޮތުގައި މަސައްކަތް ކުރާ ފުރަތަމަ މުސްލިމަކަށް" ސެނެޓުގެ މެޖޯރިޓީ ލީޑަރު ޗަކް ޝުމާ ވިދާޅުވެފައިވެއެވެ.

ޝުމާ ވިދާޅުވީ، ޕްރޮފެޝަނަލް ދާއިރާތަކުގައި ބައިބައިވުން ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ ކަަމަށާއި، މިކަމުގައި އޭނާ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ތާއީދު ކުރައްވާނެ ކަމަށެވެ.

މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ވުމުގެ ކުރިން ގުރައިޝީ މަސައްކަތް ކޮށްފައިވަނީ ޗެއާ އޮފްވައިޓް ކޮލާ ކްރިމިނަލް ޑިފެންސް އެންޑް އިންވެސްޓިގޭޝަން ގުރޫޕާއި ފާމްގެ ފުރަތަމަ ޗީފް ޑައިވާސިޓީ އޮފިސަރެއްގެ މަގާމުގައެވެ.

މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އޭނާ ޕްރޮފެސަރެއްގެ ގޮތުގައި ޔުނިވާސިޓީގައި މަސައްކަތް ކޮށް، އަދި ފަސް އަހަރު ދުވަސް ވަންދެން އެސިސްޓެންޓް ޔުނައިޓެޑް ސްޓޭޓްސް އެޓާނީއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވެއެވެ.

އެމެރިކާގެ ވެރިކަމާއި ޖޯ ބައިޑެން ހަވާލުވެލެއްވި ފަހުން މުސްލިމުންނަށް ކަންކަމުގައި އިސްކަން ދޭން ފަށާފައިވެއެވެ. ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ދައުރުގައި މުސްލިމުންނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖުއްބާ

    ނަން އެކަނި މުސްލި މީ.

    4
    2