ސައުތް ޗައިނާގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ ބޮޑުވެ، ވިއެޓްނާމުން ކަނޑުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި ކަމަށް ނޫސް އެޖެންސީތަކުން ރިޕޯޓު ކޮށްފިއެވެ.
ވިއެޓްނާމުން އަސްކަރީ ހަރަކާތްތަކުގައި ބޭނުންކުރުމަށް ބުދަ ދުވަހު ވަނީ އައު ސްކުއާޑްރޯންއެއް ލޯންޗް ކޮށްފައެވެ. ނުވަ އަސްކަރީ ކަނޑުމަތީގެ އުޅަނދަކާއި، ހަތިޔާރާއެކު ތަމްރީނު ކޮށްފައިވާ އަސްކަރީ ހާއްސަ ފައުޖުތަކެއްގެ އެހީތެރިކަން އެގައުމުގެ ނަވާލް އެކަޑަމީގެ ފަރާތުން ލިބިގެން ދާނެއެވެ.
ވިއެޓްނާމުގެ ކިއެން ޖިއާންގް ޕްރޮވިންސްގައި އަލަށް ފެށި ކަނޑުމަތީގެ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ފަސޭހައިން ދެނެގަނެ، ތެލާއި ގޭސް އުފުލާ ފަރާތްތައް ފާހަގަ ކުރެވިގެން ދާނެއެވެ. އަދި ކަނޑުމައްޗަށް ހާއްސަކޮށް ވަކިން ތަމްރީނުކޮށް ނެރެފައިވާ އަސްކަރީ ފައުޖުތަކުން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓައި މަހަށް ނުކުމެ އުޅުން ހުއްޓުވާނެއެވެ.
މި ޔުނިޓު ބޭނުންކުރުމަށް ލޯންޗް ކޮށްފައިވާ ސްކުއާޑްރޯން އަކީ އެއްގަމާއި ކަނޑުގެ ސަރަހައްދުތައް ބަލައި ރައްކާތެރިކޮށްދޭނެ ގޮތަކަށް ފަރުމާ ކޮށްފައިވާ ޑްރޯންއެއް ކަމަށް ވިއެޓްނާމްގެ ޑިފެންސް މިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މިއީ އެޕްރީލް މަހުން ފެށިގެން މިހާތަނަށް ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަަ ކުރުމަށް ނެރުނު ދެވަނަ އަސްކަރީ ޔުނިޓެވެ.
އެ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ފޯރާ ކަމަށް ގިނަ ގައުމުތަކަކުން ބުނެ، ކަނޑުގެ ސަލާމަތީ ކަންކަން އަންނަނީ ވަރުގަދަ ކުރަމުންނެވެ. އެގޮތުން މިދިޔަ މާޗް މަހު ފިލިޕީންސްގެ ސަރަހައްދުން ޗައިނާގެ 200 އުޅަނދު ފެނިފައިވާކަމަށް ރިޕޯޓު ކޮށްފައިވެއެވެ. މިދިޔަ މެއި މަހުވެސް ޗައިނާގެ އަސްކަރީ މަނަވަރުތަކެއް އެ ސަރަހައްދުގައި މަޑުކޮށްގެން އޮތްކަމަށް ބުނެ ފިލިޕީންސްއިން އަންނަނީ ތުހުމަތު ކުރަމުންނެވެ.
ބޯގަޅިގަމާރުން.. އެމެރިކާގެދަޅަތަކަށް ހެއްލިގެން އެމެރިކާގެހަތިޔާރުކޮޅު ގަނެހުސްކޮށްލަން ވީ ދެންހެޔޮ ރައްޔިތުން ނުކައިނުބޮއެތިއްބަސް ..