ކޮވިޑް-19 ގެ އާލަމީ ވަބާ ކުރިމަތިވުމާ އެކު އެއް ގައުމުން، އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދީ ނަމޫނާ ދައްކަމުންދާ މަންޒަރު ފެނެއެވެ.

އެގޮތުން އިންޑިއާގެ ހާލަތު ގޯސްވުމާ އެކު އެ ގައުމަށް އެހީވުމުގެ ނަމުގައި އެމެރިކާ އިން ފަންޑު ފޮއްޓެއް ހުޅުވާލުމާ އެކު، ޕާކިސްތާންގެ ބައެއް ޖަމިއްޔާތަކުން ވެސް އިންޑިއާ އަށް އެހީވުމުގެ ނަމުގައި މަސައްކަތް ފެށިއެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުގައި ޕާކިސްތާނުން ހޯދާ ފައިސާ ފަންޑު ކުރަމުން ދަނީ ނިރުބަވެރި ހަމަލާތަކަށް ހިތްވަރުދީ އެފަދަ ގްރޫޕްތަކަށް ކަމަށްވެއެވެ.

އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ފަންޑު ފޮށި ހުޅުވާލުމުން އެތައް ޖަމިއްޔާތަކަކުން ދިޔައީ އެހީތައް ދެމުންނެވެ.

ޑިސްއިންފޯލެބްއިން ރިޕޯޓުކޮށްފައިވާ ގޮތުން އެހީ ހޯދުމުގެ ހަރަކާތް ރާވާ ހިންގަމުންދާ ޖަމާއަތް އިސްލާމިކް މެޑިކަލް އެސޯސިއޭޝަން އޮފް ނޯތް އެމެރިކާ (އައިއެމްއޭއެންއޭ) ސޯޝިއަލް މީޑިއާ އެކައުންޓުތައްވެސް ހިމެނޭހެން ފަންޑް ރެއިސް ކުރުމުގެ ތެރޭގައި އެ ގުރޫޕުން އުންމީދުކުރި ވަރަށް ވުރެ ގިނައިން އެހީތެރިކަން ލިބެން ފެށިއެވެ. ކަން މިހެން ވާން ފެށުމުން އެހީގެ ގޮތުގައި ލިބުނު ހުރިހާ ފައިސާއަކަށް އަމަލު ކޮށްފައިވަނީ ދެ ފުށް ފެންނަ އުސޫލަކުން ނޫން ކަމަށް ޑިސްއިންފޯލެބްއިން ބުނެއެވެ.

އައިއެމްއޭއެންއޭ ގުރޫޕުން އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 1.8 ކްރޯރް ރުޕީސްއެވެ. ނަމަވެސް އެހީގެ ގޮތުގައި 8.7 ކްރޯރް ރުޕީސް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެހީގެ ގޮތުގައި ލިބުނު ފައިސާތައް އައިއެމްއޭއެންއޭއިން ބޭނުންކޮށްފައިވަނީ ނިރުބަވެރި ޖަމާއަތްތަކަށް ހަރަދު ކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އައިއެމްއޭއެންއޭއިން އަލް-މުސްތަފާ ވެލްފެއާ ޓްރަސްޓް (އޭއެމްޓީ) މެދުވެރިކޮށް ޕާކިސްތާނަށްް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް އައިއެމްއެންއޭ ކެއާގެ އަހަރީ ރިޕޯޓުން ބުނެ\އެވެ. އޭއެމްޓީ އަކީ ގައުމުގެ ސިފައިންގެ އިސް ޔުނިޓް ކަމަށާއި، ކޮވިޑުން ދިފާއުވުމަށް މަސައްކަތް ކުރުމަށް ދިން އެހީ ބޭނުންކޮށްފައިވަނީ ސިފައިންގެ އަމިއްލަ ބޭނުމަށް ކަމަށްވެއެވެ. އަދި މި ފައިސާ ދިފާއީ ބާރުގެ ބަޖެޓުން ފެންނަން ނެތްކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    ފަހަތަށް ތި ކިސްތާނު އައިއްސިއްޔާ ވާނެވަރުތީ. ތިކަމެއްގަ ރާއްޖޭގަ ހުންނަ ގިނަ ފޮތިފިހާރަތަށްވެސް އެއުޅެނީ

    7
    4