ޗައިނާއިން ކުރިއަށް ވުރެ ގަދައަށް ސައިބާ ހަމަލާދީ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ކޮމްޕިއުޓަރުތަކަށް ހަމަލާދެމުން ގެންދާ ހެކަރުންނަށް އެހީވާ ކަމަށް ބުނެ އެ ގައުމަށް ތުހުމަތު ކޮށްފިއެވެ.

ޕަލްސް ކަނެކްޓް ސެކިޔުއާ ނެޓްވޯކިންގް ޑިވައިސް ހެކް ކުރަން ފަށާފައިވާކަން ހާމަވެފައިވަނީ މިދިޔަ އެޕްރީލް މަހުއެވެ. މިއީ އެތައް ކުންފުންޏަކާއި ސަރުކާރަކުން އެމީހުންގެ ނެޓްވޯކަށް ރައްކާތެރި ރިމޯޓް އެކްސެސްއެއް ހޯދުމަށް ބޭނުންކުރަމުން އަންނަ ޑިވައިސް އެކެވެ. ދިރާސާކުރާ މީހުން ބުނަނީ ސައިބާ ފާރަލައިގެން ހޯދިފައިވާ ނަމަ ލިބިފައިވަނީ ކިހާވަރެއްގެ ނާޒުކު މައުލޫމާތެއްކަމެއް ބުނަން ނޭނގޭ ކަމަށެވެ. ހަމަލާ ލިބިފައިވާ ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ އެއްވެސް މައުލޫމާތަކުން ވައްކަން ކޮށްފައިވާކަމުގެ ހެކި ފެންނަން ނެތް ކަމަށެވެ.

ހެކަރުންނަށް ނުފޫޒުގަދަ ބައެއް ޖަމުއްޔާތަަކުގެ މައުލޫމާތު ބެލޭނެ ކަމަށާއި، އޭގެ ތެރޭގައި ވަރަށް ރައްކާތެރި ކޮށްފައިވާ މައުލޫމާތު ހިމެނޭނެ ކަމަށް ހެކިންގް ކެމްޕޭނުގައި އެންމެ ފުރަތަމަ މައުލޫމާތު ހިއްސާކުރި ކުންފުނީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ ޗާލްސް ކާމާކަލް ބުނެއެވެ.

ޗައިނާއިން ސައިބާ ހަމަލާތައް ދެމުން އަންނަ ވާހަކަ އަކީ އަބަދުވެސް ދެކެވޭ ވާހަކަ އެކެވެ. މީގެ ހަ އަހަރު ކުރިން ޗައިނާގެ ހެކަރުން ވަނީ އެތައް މިލިއަން ސަރުކާރު މުވައްޒަފުންގެ މައުލޫމާތުން ވައްކަން ކޮށްފައެވެ.

ބައެއް ކުންފުނިތަކުން މުވައްޒަފުންގެ ޒާތީ މައުލޫމާތުވެސް ހެކަރުން ހޯދާފައިވާ ކަމަށް ބުނާއިރު، އެހެން ކުންފުނިތަކުން ބުނަމުން ދަނީ މުވައްޒަފުންގެ ޒާތީ މައުލޫމާތުން ވައްކަން ކޮށްފައިނުވާ ކަމަށެވެ. ޕަލްސް ނެޓްވޯކުގެ މައުލޫމާތުން ވައްކަން ކުރުމުން އެކަން ފާހަގަވާން ވެސް ދުވަަަސް ނަގާކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޗައިނާ ސަރުކާރުން ވަނީ ޕަލްސްް ހެކިން ކެންޕޭނުގެ ރޯލާއި އެކަމާއި ގުޅިގެން ދެކެވޭ ވާހަކަ ދޮގު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު